ހަބަރު

ބާ ކައުންސިލްގެ އެސްޖީއަކަށް ޑރ. ޖަބީން

ބާ ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް ކަމަށް ޑރ. މަރިޔަމް ޖަބީން އައްޔަން ކޮށްފި އެވެ.

ބާ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ކަމަށް ޖަބީން އައްުޔަންކޮށް، އޭނާއަށް ބާ ކައުންސިލްގެ އެގްޒެކްޓިވް ކޮމެޓީން ވަނީ މަރުހަބާ ކިޔާފަ އެވެ.

އިންސާނީ ހައްގުތަކާބެހޭ ދާއިރާއިން ޕީއެޗްޑީ ހާސިލް ކުރައްވާފައިވާ ޖަބީން ކުރިން ވަނީ ޖެންޑާ މިިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމު ވެސް އާދާ ކުރައްވާފަ އެވެ.

ބާ ކައުންސިލް ޒިންމާ ކުރުކޮށް

  • ގާނޫނީ ހިދުމަތުގެ ދާއިރާ ރެގިއުލޭޓް ކުރުން
  • ވަކީލުންގެ ސުލޫކީ މިންގަނޑު އެކުލަވާލައި، ހުށަހެޅޭ ސުލޫކީ މައްސަލަތައް ބެލުން
  • ވަކީލުކަން ކުރުމުގެ ހުއްދަ ދޫކުރުން
  • ގާނޫނީ ހިދުމަތުގެ ދާއިރާ ކުރިއަރުވައި ތަރައްގީ ކުރުން
  • ޖޭއެސްސީގައި ވަކީލުންގެ ފަރާތުން އިންނަވާ މެންބަރު އިންތިހާބު ކުރުން
  • ގާނޫނު ކިޔަވައިދޭ ކޯސްތަކުގެ މުގައްރަރާބެހޭ ގަވާއިދު ހެދުން