އީރާން

އިރާނުން ވަގަށް ވެސް ނިއުކިލިއާ އުފައްދާ ކަމުގެ ތުހުމަތު

އިރާނުން ނިއުކުލިއާ އުފެއްދުމުގެ މަސައްކަތް ފާޅުގައި ކުރާހެން ސިއްރިޔާތުގައި ވެސް ކުރަމުންދާ ކަމަށް އިޒްރޭލު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެ އެވެ.

ނަތަންޔާހޫ ވިދާޅުވީ، އިރާނުން ދުނިޔެއަށް ވަގަށް ނިއުކިލިއާ އުފައްދަމުން ދިޔަ ސައިޓު، އިޒްރޭލަށް ފަޅާ އެރުމުން، ހަލާކުކޮށްފައިވާ ކަމަށެވެ. އަދި ނިއުކިލިއާ ވަގަށް އުފައްދަމުން ދިޔައީ އިރާނުގެ ވެރިރަށް ތެހެރަންގައި ކަމަށް ވެސް ނަތަންޔާހޫ ވަނީ ވިދާޅުވެފަ އެވެ. ނިއުކިލިއާ ސައިޓެއް ތެހެރަންގައި ހުރިކަން އިޒްރޭލުގެ ސަމާލުކަމަށް ގެނައީ އެގައުމުގެ ޖާސޫސުންނެވެ.

"މި ސައިޓުގައި އިރާނުން ކުރާ ކަމަކީ ހަމައެކަނި ނިއުކުލިއާ އުފެއްދުން، އެހެންވީމާ އިރާނުން ދަނީ ވަގަށް ވެސް ނިއުކިލިއާ އުފައްދަމުން، ތެހެރަންގައި ހުރި ސިއްރު ނިއުކިލިއާ ސައިޓުގެ މައުލޫމާތު ލިބުނީ ޖާސޫސުންގެ ފަރާތުން، އެކަން ޖާސޫސުންނަށް އެނގުނު ހިސާބުން ސައިޓު ހަލާކުކޮށްފި،" ނަތަންޔާހޫ ވިދާޅުވި އެވެ.

އިރާނުގައި ސިއްރު ނިއުކިލިއާ ސައިޓެއް ހުރިކަމަށް ނަތަންޔާހޫ ވިދާޅުވެފައި މިވަނީ، އދ. ގެ އިންޓަނޭޝަނަލް އެނާޖީ އެޖެންސީއަށް އިރާނުން ޔުރޭނިއަމް ތިން ސައިޓެއް ފެނުމާއި ގުޅިގެން ތަހުގީގު ފަށާފައި ވަނިކޮށެވެ. ރަޖިސްޓްރީ ނުކޮށް ހުރި ސައިޓެއްގައި ޔޫރޭނިއަމް އުފައްދާ މައްސަލައިގައި އިރާން ޖަވާބޫދާރީވުމަށް އދ އިން ވަނީ އަންގާފަ އެވެ.

ސިއްރު ނިއުކިލިއާ ސައިޓެއް ހުރި ކަމަށް ނަތަންޔާހޫ ވިދާޅުވިޔަސް، އިރާނުން އަދި އެކަމާ ގުޅިގެން އެއްވެސް ވާހަކައެއް ނުދައްކަ އެވެ. އަދި އދ އިން ވެސް އެކަމާ ގުޅިގެން އިރާނާ ސުވާލުކޮށްފައެއް ނުވެ އެވެ. ނަމަވަސް އިރާންގެ ފޮރިން މިނިސްޓަރު ޖަވާދް ޒާރިފް ވިދާޅުވީ، އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަށް އުވާލާނެ ކަމުގެ ޔަގީންކަން މީގެ ދުވަސްތަކެއް ކުރިން ލިބުމުން، ނިއުކިލިއާ ސައިޓެއް ބަންދުކޮށްފައިވާ ކަމަށެވެ. އަދި އެއީ ސިއްރުވެރި ތަނަކަށް ވަނީ ހަމައެކަނި އިޒްރޭލަށް ކަމަށް ވެސް ވިދާޅުވެފަ އެވެ.