މިނިސްޓްރީ އޮފް ޖެންޑާ އެންޑް ފެމިލީ

ހާއްސަ އެހީގެ ހިދުމަތް ވިލަރެސް ކުރަން ތަމްރީނު ދެނީ

ހާއްސަ އެހީއަށް ބޭނުންވާ މީހުނަށް ދޭ ހިދުމަތް ވިލަރެސް ކުރަން ދައުލަތުގެ އިދާރާތަކުން ކަނޑައަޅާ ފޯކަލް ޕޮއިންޓުން ތަމްރީނު ކުރުމުގެ ޕޮރޮގްރާމުގެ ފުރަތަމަ ބުރުގެ ބައިވެރިން ތަމްރީނުތައް ފަށައިފި އެވެ.

އެ ޕްރޮގްރާމް ފެށުމުގެ ގޮތުން ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިފްހާމް ހުސެއިން ވިދާޅުވީ، ފޯކަލް ޕޮއިންޓުން ތަމްރީނު ކުރަނީ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ހައްގުތައް ރައްކާތެރި ކުރުމާއި އެމީހުނަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށް ދިނުމުގެ ގާނޫނުގައި ބަޔާންކުރާ ހައްގުތަށް ކަށަވަރުކޮށް ދިނުމަށެވެ. އަދި ދައުލަތުގެ ވުޒާރާތައް ގުޅިގެން މަސައްކަތް ކުރުމަށެވެ.

މި ޕްރްގްރާމްގައި ދައުލަތުގެ 15 އިދާރާއަކުން ބައިވެރިވެ އެވެ. ފޯކަލް ޕޮއިންޓުން ތަމްރީނު ކުރުމުގެ މަސައްކަތް ކުރީ، ކޮންވެންޝަން އޮފް ދަ ރައިޓްސް އޮފް ޕާސަން ވިތް ޑިސައެބަލިޓީސް (ސީއާރްޕީޑީ) އާއި ގުޅިގެންނެވެ.