ހަބަރު

ބޯޓެއްގެ ގޭސް ފުޅި ގޮވައި ހަ މީހަކަށް އަނިޔާވެއްޖެ

Sep 11, 2019
1

ނޯތު ހާބަރުގައި އޮތް ބޯޓެއްގެ ގޭސް ފުޅި ގޮވައި ބަޔަކަށް އަނިޔާވެއްޖެ އެވެ.

މި ހާދިސާގައި އަނިޔާވެފައިވަނީ ހަ މީހަކަށެވެ. އެމީހުންނަށް އައިޖީއެމްއެޗްގައި ދަނީ ފަރުވާދެމުންނެވެ. ނަމަވެސް މިހާތަނަށް އެމީހުންގެ ހާލަތާ ބެހޭ ތަފްސީލެއް ނުލިބެ އެވެ.

އަނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ ހަތަރު ދިވެހިންނާއި ދެ ބިދޭސީންނެވެ.