ހަބަރު

ޝާހިދު ޗައިނާއަށް ކުރައްވާ ފުރަތަމަ ދަތުރު މި މަހު 19 ގައި

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ޗައިނާއަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅަށް އެ ގައުމަށް ވަޑައިގަންނަވާނީ މި މަހުގެ 19 ވަނަ ދުވަހު ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

މިއީ ފޮރިން މިނިސްޓަރުކަމާއި ހަވާލުވެވަޑައިގެންނެވިފަހުން މިނިސްޓަރ ޝާހިދު ޗައިނާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

ފޮރިން މިނިސްޓްރީން ބުނީ ޝާހިދުގެ އެ ދަތުރުފުޅަކީ ޗައިނާގެ ފޮރިން މިނިސްޓަރު ވާންގް ޔީ ގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

ދެ ދުވަހުގެ މުއްދަތަށް ޝާހިދު ކުރައްވާ ދަތުރުފުޅުގައި ޗައިނާގެ ނައިބު ރައީސް ހިޒް ވަންގް ގީޝާންއާ ބައްދަލު ކުރައްވާނެ އެވެ.

ޗައިނާގެ ފޮރިން މިނިސްޓަރާއެކު ދެ ގައުމުގެ ޒަމާންވީ ގާތް ގުޅުން ބަދަހިކުރުމާއި ބެހޭ ގޮތުންނާއި އެކި ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެއެވެ.

ޗައިނާއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެންމެ ގުޅުން ބަދަހިކުރި ގައުމެވެ. އެމަނިކުފާނުގެ ސަރުކާރުގައި ޗައިނާގެ ހިލޭ އެހީއާއި ލޯނު އެހީގެ ދަށުން ތަރައްގީގެ މަޝްރޫއުތަކެއް ހިންގެވި އެވެ.

މި ސަރުކާރުން ވެސް ދެކެނީ ޗައިނާއަކީ ރާއްޖޭގެ ތަރައްގީގެ މުހިއްމު ބައިވެރިއެއް ކަމުގައި ސަރުކާރުން ބުނެ އެވެ. އރ ގޮތުން ސަރުކާރުން އަބަދުވެސް ދަމަހައްޓަމުން އަންނަ 'ވަން ޗައިނާ' ޕޮލިސީގައި ހިފަހައްޓާނެ ކަމަށް ސަރުކާރުން ބުނެ އެވެ.