ހަބަރު

"މިސްރާބު ހުރީ ސޯސް ޖަހައި ޝެއިޚުންގެ ތުބުޅި ބޭލުވިކަމަށް ބުނާ ދިމާއަށް"

ޗިލީ ސޯސް ޖަހައި ޝެއިޚުންގެ ތުބުޅި ބޭލުވި ކަމުގެ ތުހުމަތު ކުރި މީހުންގެ މިސްރާބު މިއަދު ހުރީ އެ ދިމާލަށްކަމަށް ވިދާޅުވެ، ކުރީގެ ނާއިބް ރައީސް މުހައްމަދު ޖަމީލް އަހުމަދު، ކުރީގެ ރައީސް ނަޝީދަށް ފާޑު ވިދާޅުވެއްޖެ އެވެ.

ޖަމީލު، ރައީސް ނަޝީދަށް ފާޑުވިދާޅުވީ ދީނީ ގޮތުން ހަރުކަށި ފިކުރުގެ މީހުން "އަނދިރި ދައުލަތެއް" ހިންގާ ކަމަށް ތުހުމަތުކޮށް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ރައްދު ދެއްވަމުންނެވެ. ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ މަސައްކަތު ބައްދަލުވުމެއް ފައްޓަވައި ދެއްވާ ދެއްކެވި ވާހަކަފުޅު ރައީސް ނަޝީދު ވަނީ ދިވެހި ދައުލަތުގެ ތެރޭގައި ބާރުގަދަ "އަނދިރި ދައުލަތެއް" އުފެދެމުން އަންނަކަމަށާ އެ ދައުލަތް ހިންގަނީ ދީނީގޮތުން ހަރުކަށި ފިކުރުގެ މީހުންކަމަށެވެ.

ނަޝީދުގެ މި ވާހަކަތަކަށް ރައްދު ދެއްވަމުން ޖަމީލް ވިދާޅުވީ ކިތަންމެ ވަރަކަށް މަސައްކަތް ކުރިއަސް، ހައްގުތައް ނިގުޅައިގަނެ، ހަނިކޮށްގެން ގާއިމްކުރެވޭނެ އިންސާފެއް އަދި މަސްލަހަތެއްވެސް ނޯންނާނެކަމަށެވެ. އަދި ޗިލީ ސޯސް ޖަހައި ޝެއިޚުންގެ ތުބުޅި ބޭލުވި ކަމުގެ ތުހުމަތު ކުރި މީހުންގެ މިސްރާބު މިއަދު ހުރީ ހަމަ އެ ދިމާލަށްކަމަށް ޖަމީލް ވިދާޅުވިއެވެ. - ޑރ. ޖަމީލް އެ އިޝާރާތްކުރަނީ ރައީސް މައުމޫންގެ ވެރިކަމުގައި ތުބުޅި ދިގުކޮށްގެން އުޅުނު ބައެއް މީހުން ހައްޔަރުކޮށް ޖަލުގައި ބަންދުކޮށް އެމީހުންގެ ތުބުޅި ބޭލިކަމަށް ދެކެވޭ ވާހަކަތަކަށެވެ. އެމީހުންގެ ތުބުޅި ބޭލުވީ ޗިލީ ސޯސް ޖަހައިގެންކަމަށް އެމްޑީޕީގެ އިސް ބޭފުޅުން އޭރު ތަކުރާރުކޮށް ވިދާޅުވިއެވެ. އަދި މައުމޫނާ ދެކޮޅަށް އެންމެ ބޮޑަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ދެއްކި އެއް ވާހަކައަކީވެސް އެއީއެވެ. -

ޖަމީލް ވަނީ މިފަހަރު ވެސް އަމާޒަކީ ދީނަށް އުޅޭ މީހުންތޯ ސުވާލުކުރައްވާފައެވެ.

"ކިތަންމެ ވަރަކަށް މަސައްކަތް ކުރިއަސް، ހައްގުތައް ނިގުޅައިގަނެ، ހަނިކޮށްގެން ގާއިމްކުރެވޭނެ އިންސާފެއް، މަސްލަހަތެއް ނޯންނާނެ. ޗިލީ ސޯސް ޖަހައި ޝެއިޚުންގެ ތުބުޅި ބޭލުވި ކަމުގެ ތުހުމަތު ކުރި މީހުންގެ މިސްރާބު މިހުރީ ހަމަ އެ ދިމާލަށް. މިފަހަރު ވެސް އަމާޒަކީ ދީނަށް އުޅޭ މީހުންބާ؟." ޖަމީލްގެ ޓްވީޓްގައި ސުވާލުކުރައްވާފައިވެއެވެ.

ކިތަންމެ ވަރަކަށް މަސައްކަތް ކުރިއަސް، ހައްގުތައް ނިގުޅައިގަނެ، ހަނިކޮށްގެން ގާއިމްކުރެވޭނެ އިންސާފެއް، މަސްލަހަތެއް ނޯންނާނެ. ޗިލީ ސޯސް ޖަހައި ޝެއިޚުންގެ ތުބުޅި ބޭލުވި ކަމުގެ ތުހުމަތު ކުރި މީހުންގެ މިސްރާބު މިހުރީ ހަމަ އެ ދިމާލަށް. މިފަހަރު ވެސް އަމާޒަކީ ދީނަށް އުޅޭ މީހުންބާ؟
ޑރ. މުހައްމަދު ޖަމީލް އަހުމަދު - ކުރީގެ ނާއިބް ރައީސް

ޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ މަސައްކަތު ބައްދަލުވުމެއް ފައްޓަވައި ދެއްވާ ދެއްކެވި ވާހަކަފުޅު ރައީސް ނަޝީދު ވަނީ ދިވެހި ދައުލަތުގެ ތެރޭގައި ބާރުގަދަ "އަނދިރި ދައުލަތެއް" އުފެދެމުން އަންނަކަމަށް ވިދާޅުވެ އެކަމުގެ ނުރައްކާތެރިކަން ބަޔާންކޮށްދެއްވުމަށް ގިނަ ވާހަކަތަކެއް ދައްކަވާފައެވެ. އަދި މަޖިލީހުގެ ބައެއް ޖަލްސާތަކުގައިވެސް ތަކުރާރުކޮށް ނަޝީދު އެ މޭރުމުން ވާހަކަދައްކަވާފައިވެއެވެ.