ހަބަރު

ޖުމްހޫރީ ޕާޓީގެ ތަރުޖަމާނަކަށް އަނޫޝް

ޖުމްހޫރީ ޕާޓީގެ ތަރުޖަމާނަކަށް، ޓީވީ ހުށައެޅުންތެރިއެއްކަމަށްވާ އަހުމަދު އަނޫޝް ހަމަޖައްސައިފި އެވެ.

ޖުމްހޫރީ ޕާޓީން ބުނީ އަނޫސް އެޕާޓީގެ ތަރުޖަމާނަކަށް ހަމަޖައްސާފައިވާކަމަށެވެ. ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ އަނޫޝްއަކީ ޓީވީ ހުށައެޅުންތެރިއެކެވެ. އޭނާ ވަނީ ރާއްޖޭގެ ގިނަ ޓީވީ ސްޓޭޝަންތަކެއްގައި މަސައްކަތްކޮށްފައެވެ.

އަނޫޝް މީޑިއާ ދާއިރާ ދޫކޮށް ސިޔާސީ މަސައްކަތް ފެށުމަށްފަހު އެންމެ ފުރަތަމަ ގުޅިފައިވަނީ ރައީސް މައުމޫންގެ އެމްއާރުއެމްއާއެވެ. ރިޔާސީ އިންތިޚާބުގެ ދުވަސްވަރު އެމްއާރުއެމްގައި ހަރަކާތްތެރިވުމަށްފަހު، އޭނާ ޖުމްހޫރީ ޕާޓީއާ ގުޅިފައިވަނީ މީގެ ދުވަސްކޮޅެއް ކުރިންނެވެ.

ޖުމްހޫރީ ޕާޓީގެ ތަރުޖަމާނަކަށް އަނޫޝް ހަމަޖައްސާފައިވާއިރު، ޖޭޕީގެ އިސް ތަރުޖަމާނަކަށް ހުންނާނީ ކުރިންވެސް އެމަގާމުގައި ހުރި އަލީ ސޯލިހުކަމަށް ޖޭޕީން ބުނެއެވެ.