ހަބަރު

ހަތް މީހުންނާއެކު ޑިންގީއެއް ބަންޑުން ޖަހާލައިފި

Sep 12, 2019

ކ. ގުޅީ ފުއްޓަރު ކޮޅުން މަހަށް ނުކުމެ އުޅުނު ޑިންގީއެއް ބަންޑުން ޖަހާލައިފި އެވެ. ބަންޑުން ޖަހާލިއިރު ޑިންގީގައި ހަތް މީހަކު ތިއްބެވެ. އެއްވެސް މީހަކަށް ގެއްލުމެއް އަނިޔާއެއް ނުވެ އެވެ.

ފުލުހުން ބުނީ އެ ޑިންގީ ބަންޑުން ޖަހާލީ ނެގި ރާޅަކާއެކު ކަމަށެވެ. އެކަމުގެ މައުލޫމާތު ފުލުހަށް ލިބުނީ މިރޭ 8:50 ހާއިރު އެވެ.

ހާދިސާގައި މައުލޫމާތު ލިބުމާއެކު ފުލުހުން، ރައްޔިތުންނާއި ކައުންސިލާ ގުޅިގެން އެ ޑިންގީ އަނެއް ފުށުން ޖަހާފައިވާ ކަމަށް ފުލުހުން ބުންޏެވެ. އޭރު ހަތް މީހުން ވެސް ތިބީ ފުއްޓަރުގައި ކަމަށެވެ.