ހަބަރު

ދުވަސްވީ މީހަކު ގެނބިގެން ފަރުވާދެނީ

އާޓިފިޝަލް ބީޗަށް މޫދަށް އެރި އުޅުނު އުމުރުން ދުވަސްވީ މީހަކު ގެނބެމުން ދަނިކޮށް އެ މީހާ ސަލާމަތްކޮށް ފަރުވާދޭން ފަށައިފި އެވެ.

އުމުރުން 67 އަހަރުގެ އެ މީހާ ގެނބުނީ، މޫދުގައި އުޅުމަށްފަހު އެއްގަމަށް އަރަނިކޮށް މޫނު މައްޗަށް އަނދިރިވެ، ވެއްޓުމާ ގުޅިގެން ކަމަށް ފުލުހުން ބުނެ އެވެ. ފުލުހުން ބުނީ އެ މީހާ ސިފައިންގެ އަސްކަރީ ހޮސްޕިޓަލް، ސެނެހިޔާއަށް ގެންގޮސް ފަރުވާ ދެމުން ގެންދާ ކަމަށެވެ.

އަދި މިވަގުތު އޭނާގެ ހާލު ރަނގަޅުކަމަށް ވެސް ފުލުހުން ބުންޏެވެ.

ގެނބުނު މީހާ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ޕިކަޕެއްގަ އެވެ. އޭނާ ހޮސްޕިޓަލަށް ގެންދިއުމުގައި އެ ވަގުތު ޑިއުޓީގައި ތިބި ދެ ފުލުހަކު ވެސް ހަރަކާތްތެރިވި އެވެ.