އުތުރު ކޮރެއާ

އެމެރިކާގެ އާ ފިޔަވަޅުތަކެއް އުތުރު ކޮރެއާއަށް

އުތުރު ކޮރެއާއިން ހިންގާ މިސައިލް ޕްރޮގްރާމްތަކަށް ފަންޑު ކުރަން ގައުމުތަކުގެ ބޭންކު ހެކް ކޮށްގެން ފައިސާ ހޯދި މައްސަލައިގައި އެމެރިކާގެ ޓްރެޝަރީ ޑޕާޓްމެންޓުން އުތުރު ކޮރެއާއަށް ދަތި ކުރުމުގެ ފިޔަވަޅުތަކެއް އަޅައިފި އެވެ.

މިސައިލް ޕްރޮގްރާމަށް ފައިސާ ހޯދަން އުތުރު ކޮރެއާއިން ބޭންކުތަކުން ވަގަށް ފައިސާ ނެގި ކަމަށް ބުނެފައި ވަނީ އދ. ގެ ސިއްރު ރިޕޯޓެއްގަ އެވެ. އެ ރިޕޯޓުގައިވާ ގޮތުން ނޯތު ކޮރެއާގެ ހެކަރުން ވަނީ ކްރައިޕްޓޯކަރަންސީ ބޭނުން ކޮށްގެން ބޭންކުތަކުން ދެ ބިލިއަން ޑޮލަރު ވަގަށް ނަގާފަ އެވެ. ނޯތު ކޮރެއާއިން ވަނީ 17 ގައުމެއްގެ ބޭންކުން ވަގަށް ފައިސާ ވަގަށް ނަގާފަ އެވެ.

އެމެރިކާގެ ޓްރެޝަރީ ޑިޕާޓްމެންޓުގެ އަންޑާ ސެކްރެޓަރީ ފޯ ޓެރަރިޒަމް އެންޑް ފައިނޭޝިއަލް އިންޓެލިޖެންސް ސައިގަލް މަންޑެލޭކާ ވިދާޅުވީ، އދ. އާއި އެމެރިކާ ގުޅިގެން ނޯތު ކޮރެއާއަށް ފިޔަވަޅު އަޅާފައިވާ ކަމަށެވެ. އެ ފިޔަވަޅުތަށް އެޅީ ދުނިޔޭގެ މާލީ އިދާރާތަކާއި ބޭންކުތަކުގެ ރައްކާތެރި ކަމަށެވެ.

ނޯތު ކޮރެއާއިން ވަގަށް ފައިސާ ނެގި ގައުމުތަކުގެ ތެރޭގައި، އެމެރިކާ، އޮސްޓްރޭލިއާ، ނިއުޒިލޭންޑް އަދި އިނގިރޭސިވިލާތް ހިމެނެ އެވެ.