ހަބަރު

ރައީސް އޮފީސް ކުރިމަތީ އިހުތިޖާޖު ކުރުމުން ފުލުހަށް ގެންގޮސްފި

Sep 15, 2019
4

ރައީސް އޮފީހުން ސިޓީއަކަށް ޖަވާބު ނުދީގެން އިހުތިޖާޖު ކުރުމުގެ ގޮތުން އެ އޮފީސް ކުރިމަތީ އިށީން މީހަކު ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުކޮށްފި އެވެ.

މިއަދު 11:30 ހާއިރު ރައީސް އޮފީހަށް ސިޓީއެއް ބަލާ ދިޔަ މީހަކަށް ޖަވާބެއް ނުލިބި އެކަމާ ހިތްހަމަ ނުޖެހިގެން އެ އޮފީސް ކުރިމަތީ އިށީނީ އެވެ. އަދި އެއީ ގްރީން ޒޯނެއް ކަމަށާއި އެ ސަރަހައްދު ދޫކޮށް ދިޔުމަށް ފުލުހުން އެންގުމުން ވެސް އޭނާ ނުތެދުވެ އިހުތިޖާޖުގައި އިނީ އެވެ.

އެކަމާ ގުޅޭ ގޮތުން ފުލުހުން ބުނީ ރައީސް އޮފީސް ކުރިމަތި އިން މީހާ ފުލުސް އޮފީހަށް ހާޒިރުކޮށްފައިވާ ކަމަށެވެ. އޭނާ ފުލުހަށް ގެންދިޔައީ މައުލޫމާތު ސާފު ކުރަން ކަމަށެވެ.