ހައިރާންވާވަރުގެ މޮޅު އެކްޝަން މަންޒަރު ތަކަކާއެކު ރިތިކް ރޯޝަން އާއި ޓައިގަ ޝްރޮފް މިހާރު އަންނަނީ "ވޯ" ފިލްމުން ބެލުންތެރިން ސިއްސުވާލަން ތައްޔާރު ވަމުންނެވެ.
ދާދިފަހުން ވަނީ މި ފިލްމުގެ "ގުނގުރޫ" ލަވަ ރިލީޒްކޮށްފަ އެވެ. އަދި މި ލަވައިގައި ރިތިކް ނަށާފައިވާ ނެށުން މޮޅު ކަމުން ގިނަ ބަޔަކު ދަނީ އޭނާއަށް ތައުރީފު ކުރަމުންނެވެ.
މި ލަވައިގެ ސްޓެޕްތަކަކީ އެހާ އުނދަގޫ ސްޓެޕްތަކެއް ނޫންކަމަށް ލަވަ ބަލާލާއިރު ހީވި ނަމަވެސް ހަގީގަތުގައި މި ސްޓެޕްތައް ވަރަށް އުނދަގޫ ކަމަށް ޚުދް ރިތިކް ވެސް އެއްބަސްވެ އެވެ.
ރިތިކް ބުނި ގޮތުގައި އެހާ އުނދަގޫ ނެށުމެއް ފަސޭހަ ކަމެއްކަމަށް ދައްކައިގެން ނެށުމަކީ ފަސޭހަ ކަމެއް ނޫނެވެ. ވަކިން ޚާއްސަކޮށް "ގުނގުރޫ" ލަވައިގައި ނަށާފައިވާ ނެށުމަކީ އޭނާ މިހާތަނަށް ނެށި އެންމެ އުނދަގޫ ލަވަ ކަމަށް ރިތިކް ބުންޏެވެ.
މި ފިލްމުގައި ރިތިކްގެ އިތުރުން ފިލްމުގެ ބަތަލާ ވާނީ ކަޕޫރު ވެސް ހަރަކާތްތެރިވެ އެވެ.
ރިތިކްގެ އެންމެ ފަހުން ރިލިޒްކުރި ފިލްމު "ސުޕަ 30" އަށް ބޮޑު ކާމިޔާބެއް ވަނީ ލިބިފަ އެވެ. އަދި "ވޯ" އަށް ވެސް ބެލުންތެރިން ހަމަ އެވަރުގެ ބޮޑު ތަރުހީބެއް ދޭނެ ކަމަށް ރިތިކް ޔަގީންކުރެ އެވެ. "ވޯ ރިލިޒް ކުރަން ހަމަޖަހިފައި ވަނީ އޮކްޓޫބަރު ދެވަނަ ދުވަހު އެވެ.