ހޮންކޮންގް

ހޮންކޮންގު މުޒާހަރާގެ ކޮންޓްރޯލު ގެއްލި ގޯހުން ގޯހަށް

ފުރިހަމަ ޑިމޮކްރަސީއެއް ގާއިމްކޮށް އަދި ޗައިނާގެ ނުފޫޒުން ހޮންގްކޮންގު މިނިވަން ކުރުމުގެ އިތުރުން އެ ގައުމުގެ ލީޑަރު ކެރީ ލޭމް މަގާމުން ވަކިކުރަން ގޮވާލާ މިހާރު ހޮންގްކޮންގުގައި ކުރާމުންދާ މުޒާހަރާތަކުގެ ބައިވެރިވިން އަމަން ބެލެހެއްޓުމުގައި ހަރަކާތްތެރިވި ފުލުހުންނަށް އަމާޒުކޮށްގެން ބޮޑެތި އަނިޔާތައް ދީފި އެވެ.

މުޒާހަރާގެ ބައިވެރިން ފުލުހުންނަށް ހަމަލާ ދިނީ، އަމާން ކަމާއެކު ކުރިއަށް ދިޔަ މުޒާހަރާއެއް ރޫޅާލުމަށް ރަބަރު އުންޑާއި، މިނާފުށާއި ކަރުނަ ގޭސް އަދި ފަޔާ ޓްރަކްތަކުން ފެން ޖަހަން ފެށުމުންނެވެ. ބަދަލުގައި މުޒާހަރާގެ ބައިވެރިން ވަނީ ސަރުކާރުގެ އިމާރާތްތަކަށް ޕެޓްރޯލް ބޮމުގެ ހަމާލާދީ ފުލުހުންގެ ވެހިކަލްތަކުގައި އަލިފާން ރޯ ކޮށްފަ އެވެ.

ފުލުހުން މުޒާހަރާ ހުއްޓުވުމަށް މަސައްކަތް ކުރުމުން، ބައިވެރިން ވަނީ ފުލުހުންނާ ދިމާކޮށް އަނިޔާކުރަން ފަށައިފަ އެވެ. އެގޮތުން މުޒާހަރާގެ ބައިވެރިން ވަނީ އެމީހުންގެ ގެންގުޅުނު ދިދަ ދަނޑިތަކާއި ކުޑަތައް ބޭނުންކޮށް ފުލުހުންގެ ލޮލަށް ހަރައި ވަރަށް ބޮޑަށް އަނިޔާކޮށްފަ އެވެ. އަދި ފުލުހުންގެ ފައުޖަށް އަމާޒުކޮށްގެ ޕެޓްރޯލް ބޮމުގެ ހަމަލާތައް ދީފައި ވެއެވެ.

ހޮންގްކޮންގު މުޒާހަރާގައި ފުލުހުންނަށް އަނިޔާ ކުރުމަކީ، އާންމު ކަމަކަށް ވިޔަސް، މިފަހަރު ފުލުހުންނަށް ވަނީ ބޮޑެތި އަނިޔާތައް ކޮށްފަ އެވެ. އަދި މިއީ ގިނަ ބަޔަކު ވެގެން ފުލުހުންނަށް ހަމަލާދިން ފުރަތަމަ ފަހަރެވެ. ފުލުހުންނަށް ހަމަލާ ދިނުމުގައި 10،000 މީހުން ވަނީ ބައިވެރިވެފަ އެވެ.

ހޮންގްކޮންގަައި ކުރަމުންދާ މުޒާހަރާތަށް މިހާރު ވަނީ ދެ ބަޔަކަށް ބެހިފަ އެވެ. އެއްބަޔަކު އެ ގައުމުގައި އެމެރިކާގެ އެހީގައި ޑިމްކޮރަސީ ގާއިމް ކުރަން ގޮވާލަމުން ދާއިރު، އަނެއްބައި މީހުން ގޮވާލަނީ ޗައިނާގެ ނުފޫޒުން ވަކިވެ އަލުން އިނގިރޭސީންގެ ބެލުމުގެ ދަށައް ދިޔުމެވެ. ދެ ބައި މީހުންގެ މައިގަނޑު ބޭނުމަކީ ކޭރީ ލޭމް މަގާމުން ވަކިކުރަން ޕްރެޝަރު ކުރުމާއި، ޗައިނާގެ ނުފޫޒުން ހޮންގްކޮންގު މިނިވަން ކުރުމެވެ.