ހަބަރު

މަސްވެރިކަމުގެ ބިލް ރައީސް ތަސްދީގު ކުރައްވައިފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، މަސްވެރިކަމާ ބެހޭ ބިލު މިއަދު ތަސްދީގު ކުރައްވައިފި އެވެ.

ރައީސް ސޯލިހް، މިއަދު ތަސްދީގު ކުރެއްވި މަސްވެރިކަމުގެ ބިލަކީ މި ސެޕްޓެމްބަރު މަހުގެ ފަސްވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާާސްކުރި 80 މާއްދާގެ މައްޗަށް އެކުލެވިފައިވާ ބިލެކެވެ. މަސްވެރިކަމުގެ އާ ބިލު ރައީސް ތަސްދީގު ކުރެއްވުމުން ކުރިން އޮތް 14 މާއްދާއެއްގެ މައްޗަށް އެކުލެވިފައިވާ މަސްވެރިކަމުގެ ގާނޫނު އުވިގެންދާނެ އެވެ.

މަސްވެރިކަމުގެ އެ ބިލުގައިވާ ގޮތުން ގޮތުން ގާނޫނަކަށްވެ އަމަލު ކުރަން ފަށާތާ 100 ދުވަހުގެ ތެރޭގައި މަސްވެރިންގެ މައުލޫމާތު ހިމެނޭ ދަފުތަރެއް އެކުލަވައި، އެ ދަފްތަރު ލިޔެ ބަލަހައްޓަން ޖެހެއެވެ. އެ ދަފްތަރުގައި ހިމެނޭ މަސްވެރިންނަށް މަސްވެރިންނަށް ޕްންޝަން ސްކީމަކާއި ޑިސްއެބިލިޓީ އިންޝުއަރެންސް ސްކީމެއް ލިބެން ޖެހޭނެ ކަމަށް ބިލުގައިވެ އެވެ.

އޭގެ އިތުރުން މަސްވެރިކަމާ ގުޅޭ ތައުލީމާއި ތަމްރީން ހޯދައި ދިނުމާއި، މަސްދޯނި ފަހަރާއި ބޯޓު ފަހަރު ބަނުމުގެ ވިޔަފާރި ފުޅާ ކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމާއި، ލިބޭ ގެއްލުން ކުޑަ ކުރުމަށް މަސައްކަތް ކުރުމަށް ބިލުގައިވެ އެވެ. އަދި އައިން މަތި ދޫނި، ބިސްއަޅާ އާލާވާ ރަށްރަށާއި ފިނޮޅުފަދަ ތަންތަން ހިމާޔަތް ކުރުމާއި އެކްޝަން ޕްލޭންތައް ތައްޔާރު ކުރުން ފަދަ ކަންކަން މި ބިލުގައިވެ އެވެ.

ބިލުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުތަކާއި ބިލު ހުށަހެޅުމުގެ ކުރިން އެމްޑީޕީގެ މެންބަރުން މަޖިލީހަށް ހުށަހެޅުއްވި މަސްވެރިކަމުގެ ގަރާރުތަކުގައިވާ ކަންކަން ބިލުގައި ވަނީ ހިމަނައިފަ އެވެ.

އޭގެ ތެރޭގައި ހިމެނޭ އެއް ކަމަކީ ބޭރުގެ ބޯޓު ފަހަރު ރާއްޖެ އައިސް ދިވެހި މަސްވެރިންގެ އަތުން މަސް ގަތުމަށް ހުއްދަ ދިނުމެވެ. އަދި ރަށްރަށުގައި ގޭދޮށު މަސް ފެކްޓްރީ ގާއިމު ކުރުމާއި މަސްވެރިކަން ކުރާ ކަނޑުގެ ސަރަހައްދުތަކެއްގައި ކަންނެލި ޖަގަހަތައް ގާއިމު ކުރުން ވެސް ބިލްގައިވެ އެވެ.

މަސްވެރިކަމުގެ ބިލްގައި ހަތް ބާވަތެއްގެ މަސްވެރިކަން ކުރުން މަނާވެ އެވެ. އެއީ ބޮޑުދަލުގެ މަސްވެރިކަމާއި، އޮޔާދާ ދަލުގެ މަސްވެރިކަމާއި، ދަމާ ދަލުގެ މަސްވެރިކަމާއި، އަމިއްލަ ބޭނުމަށް ކުރާ މަސްވެރިކަމާއި، އެންވެރިކަން ފިޔަވައި ދާ ބޭނުންކޮށްގެން ކުރާ މަސްވެރިކަމާއި، ބަޑި ޖަހައިގެން ކުރާ މަސްވެރިކަމުގެ އިތުރުން، ގޮވާ އެއްޗެއް ނުވަތަ ވިހައެއް ނުވަތަ އެފަދަ އެހެން ކެމިކަލެއް ބޭނުން ކޮށްގެން ކުރާ ކޮންމެ މަސްވެރިކަމެވެ.