ބޮލީވުޑް

ދުބާއީގައި ވެސް "ބަންގިސްތާން" ދެއްކުން މަނާކުރުމުން ޕްރޮޑިއުސަރު ކަންބޮޑުވެއްޖެ

Aug 6, 2015

ރިތޭޝް ދޭޝްމުކް އާއި ޕުލްކިތް ސަމްރާތް އަދި ޖެކުއަލީން ފެނާންޑޭޒް މުހިންމު ރޯލުން ފެނިގެންދާ "ބަންގިސްތާން" ދުބާއީގައި ވެސް ދެއްކުން މަނާކޮށްފި އެވެ.

މީގެކުރިން ޕާކިސްތަނުގައިވެސް މިފިލްމު ދެއްކުން މަނާކުރުމާއިއެކު، ޝޮކޮއްގައި ހުރި ޕްރޮޑިއުސަރު ރިތޭޝް ސިދްވާނީ ވަނީ މިފިލްމު ދުބާއީގައި ވެސް ދެއްކުން މަނާކުރުމަކީ ވަރަށް ދެރަވާކަމެއް ކަމަށް ބުނެފަ އެވެ.

ކަރަން އަންޝުމަން ޑައިރެކްޓްކޮށްފައިވާ މިފިލްމު ދުބާއީގައި ދެއްކުން މަނާކުރީ ފިލްމުގެ ކޮންޓެންޓްގައި ބައެއްގެ ކަރާމާތަށް ގެއްލުން ލިބޭނެ ކަންތައްތަކެއް ހިމަނާފައިވާތީ ކަމަށް އެގައުމުގެ ސެންސަރު ބޯޑުނ ނެރުނު ބަޔާނުގައިވެ އެވެ.

ޕާކިސްތާނުގައި ދެއްކުން މަނާކޮށްފައި ވަނިކޮށް ދުބާއީގައިވެސް ދެއްކުން މަނާކުރުމާއި ގުޅިގެން އެކަމާ ދެރަވެފައ ހުރި ރިތޭޝް ބުނީ މިފިލްމު ދެއްކުން މަނާކުރަން ޖެހޭ ވަރުގެ އެއްވެސް މަންޒަރެއް ފިލްމުގައި ނުހިމެނޭނެ ކަމަށާއި އަލުން މިފިލްމު ބެލުމަށް އެދޭނެކަމަށް ވެސް ސިދްވާނީ ވަނީ ބުނެފަ އެވެ.

މީގެކުރިން މިފިލްމު ޕާކިސްތާނުގައ ދެއްކުން މަނާކުރުމާއިއެކު ސިދްވާނީ ވަނީ ފިލްމުގެ އިޝްތިހާރު ބަލާފައި ދެއްކުން މަނާނުކުރަން ޖެހޭވަރުގެ އެއްވެސް މަންޒަރެއް ނުހިމެނޭނެ ކަމަށާއި، މިފިލްމަކީ "ބަންގިސްތާން" ނަމަކަށް ކިޔާ ހިޔާލީ ގައުމެއް ކަމަށެވެ. އަދި ވަކި ޕާސްޕޯޓަކާއި ދިދައެއް އޮތުމުގެ އިތުރުން ދުނިޔޭގެ ޗާޓުގައިވެސް މިގަައުމު އޮންނަކަން ފިލްމުން ދައްކާފައިވާނެ ކަމަށް ސިދްވާނީ ވަނީ ބުނެފަ އެވެ.

ޕޮލޭންޑް އާއި ލަޑާކްގައި މަންޒަރުތައް ނަގާފައިވާ މިފިލްމަކީ ހަފީޒް ބިން އަލީ އިޝްވަރުޗަަންދު ޝަރުމާ (ރިތޭޝް ދޭޝްމުކް) އާއި އައްލާރައްކާޚާން ޕަރްވީން ޗައުދަރީ (ޕުލްކިތު ސަމްރަތު) ކިޔާ ޖާނުން ފިދާވެގެން ބޮން ގޮއްވާ ދެ މީހެއްގެ ހަޔާތުގެ މައްޗަށެވެ.

މީގެކުރިން މިދިޔަ މަހުގެ 31ވަނަ ދުވަހު ރިލީޒްކުރާ ގޮތަށް ހަމަޖެހިފައި އޮތް މިފިލްމު ވަނީ "ބަޖްރަންގީ ބައިޖާން" އާއި "ބާހޫބަލީ" އަށް ބޮކްސް އޮފީހުގައި އޮތް ތާއިދުގެ ސަބަބުން ފްލޮޕްވެދާނެ ބިރައްޓަކައި މާދަމާ ރިލީޒްކުރާގޮތަށް ލަސްކޮށްފަ އެވެ.

 

"ބަންގިސްތާން"ގެ އޮފިޝަލް ޓްރެއިލާ: