ސްޓެލްކޯ

ސްޓެލްކޯގެ ތަމްރީނު ވޯކްޝޮޕް ނިންމާލައިފި

ސްޓެލްކޯއިން ދެ ދުވަހުގެ މުއްދަތަށް ކުރިޔަށްގެންދިޔަ "މީޑިއަމް ވޯލްޓޭޖް ކޭބަލް ޓާމިނޭޝަން، ޖޮއިންޓިން އެންޑް ޓެސްޓިން ޓްރެއިނިން ވޯކްޝޮޕް" ފުރިހަމަކުރި މުވައްޒަފުންނަށް ހަނދާނީ ލިޔުންދީފި އެވެ.

މިއަދު މެންދުރުފަހު ސްޓެލްކޯގެ ޓްރެއިނިން ރޫމްގައި ބޭއްވި ރަސްމިއްޔާތެއްގައި ވޯކްޝޮޕްގެ ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ އެވެ.

އެ ރަސްމިއްޔާތުގައި މުޣުނީ ވިދާޅުވީ މިއީ މިފަދަ ޓްރޭނިން އެއް ބޭއްވި ފުރަތަމަ ފަހަރު ކަމަށާއި، މި ފަންނުގެ މުވައްޒަފުން ވެސް މަދު ކަމަށެވެ.

ހުޅުމާލެ އާއި ރަށްރަށުގައި ކަރަންޓްގެ ހިދުމަތް ފުޅާވަމުންދާއިރުއާއި އަދި ރިސޯޓްތަކާއި ސިނާއީ ތަންތަނަށް މިހާރުވެސް އެދާއިރާގެ މުވައްޒަފުންނަށް ވަރަށްބޮޑަށް ބޭނުން ޖެހިފައިވާ ކަމަށާއި، އެކަމުގެ ފައިދާ ހުރިހާ ދާއިރާތަކަށް ލިބިގެންދާނެކަން މުޣުނީ ވިދާޅުވި އެވެ.