އަބްދުﷲ ޝާހިދު

މިނިސްޓަރު ޝާހިދު ޗައިނާއަށް ވަޑައިގެންފި

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް ފުރާ ވަޑައިގެންފި އެވެ.

ފޮރިން މިނިސްޓަރު ކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ޗަައިނާއަށް ޝާހިދު ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި، އެ ގަައުމުގެ ނައިބު ރައީސް ވަންގް ގިޝަންއާއި ފޮރިން މިނިސްޓަރު ވާންގް ޔީއާ ބައްދަލު ކުރައްވާ ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމާބެހޭ ގޮތުން މަޝްވަރާ ކުރައްވާނެ އެވެ.

އޭގެ އިތުރުން އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ) ގެ ނައިބު ރައީސް އަދި ޗީފް އިންވެސްޓްމަންޓް އޮފިސާ ޑީޖޭ. ޕާންޑިއަން އާއި ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕްގެ ރައީސް ލީ ޑައޮސޮންގްއާ ބައްދަލުކުރައްވާނެ އެވެ.

ޗައިނާއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެންމެ ގުޅުން ބަދަހިކުރި ގައުމެވެ. އެމަނިކުފާނުގެ ސަރުކާރުގައި ޗައިނާގެ ހިލޭ އެހީއާއި ލޯނު އެހީގެ ދަށުން ތަރައްގީގެ މަޝްރޫއުތަކެއް ހިންގެވި އެވެ. މި ސަރުކާރުން ވެސް ދެކެނީ ޗައިނާއަކީ ރާއްޖޭގެ ތަރައްގީގެ މުހިއްމު ބައިވެރިއެއްގެ ގޮތުގަ އެވެ.