ޔުނިސެފުން ރާއްޖެއަށް ކަނޑައަޅާފައިވާ ހުންނަ ރެޕްރެޒެންޓިވް ޑރ. މުނީރު ސަފިލްޑިން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އަބިކަނބަލުން ފަޒްނާ އަހްމަދާއި މިއަދު ބައްދަލު ކުރައްވައިފި އެވެ.
މިއަދު ހެނދުނު ރައީސް އޮފީހުގައި ކުރިއަށް ދިޔަ މި ބައްދަލުވުމުގައި ރާއްޖޭގެ ކުޑަކުދިންނާއި ފުރާވަރުގެ ކުދިން ނަފްސާނީ ދުޅަހެޔޮކަން އިތުރު ކުރުމާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފަ އެވެ. އަދި ދައުލަތުން ބަލަހައްޓަމުން ގެންދާ ކުދިން ގެންގުޅުމުގައި ހުރި ބައެއް ކަންބޮޑުވުންތަކާއި ކުށްކުރާ ކުޑަކުދިން އިސްލާހު ކުރުމަށް އެކަށީގެންވާ ރަނގަޅު މާހައުލެއް ގާއިމް ކުރުމާ ގުޅޭ ގޮތުން ވެސް ބައްދަލުވުމުގައި ދެ ބެފޭޅުން މަޝްވަރާ ކުރެއްވި އެވެ..
ދެ ބޭފުޅުންގެ ބައްދަލުވުމުގައި ވަނީ އިތުރުންކުޑަކުދިންގެ ހައްގުތައް ހިމާޔަތްކުރުމުގެ ބިލާއި، ޖުވެނައިލް ޖަސްޓިސް ބިލު ފާސްކޮށް އެ ގާނޫނަށް އަމަލުކުރުން އަވަސް ކުރުމުގެ މުހިންމު ކަމުގެ މައްޗަށް އަލި އަޅުވާލައި ވާހަކަފުޅު ދައްކާފައި ވެއެވެ.