އިސްލާމިކް މިނިސްޓްރީ

ސްކޫލެއްގައި ހިންދީ ދީނުގެ ހަފުލާއެއް ބޭއްވި މައްސަލަ ބަލަނީ

ރާއްޖޭގެ ސްކޫލެއްގައި ހިންދީ ދީނުގެ ހަފުލާއެއް ބޭއްވި ކަމަށް ބުނާ މައްސަލައެއް އިސްލާމިކް މިނިސްޓްރީން ބަލަން ފަށައިފި އެވެ.

އެ މިނިސްޓްރީން ބުނީ، މައްސަލަ ބަލަން ފެށީ، އެ މައްސަލަ މިނިސްޓްރީގެ ސަމާލުކަށް މިއަދުގެ ވަގުތެއްގައި އައުމުން ކަމަށެވެ. ހދ. ކުޅުދުއްފުށީގެ އަމީރު އަމީން ސްކޫލްގައި އެރަށުގައި މަސައްކަތް ކުރާ އިންޑިއާ ޓީޗާރުންތަކެއް ވަނީ، މިދިޔަ ހުކުރު ދުވަހު ހންދޫ ދީނުގެ އަޅުކަމެއް ކަމަށްވާ "އޯނަމް ފެސްޓިވަލް" ފާހަގަކޮށް ސޯޝަލް މީޑިއާގައި ފޮޓޯތައް އާންމުކޮށްފަ އެވެ.

އަމީރު އަމީން ސްކޫލުގައި ހިންދޫ ދީނުގެ ހަފްލާއެއް ބޭއްވި ކަމަށް ބުނެ ކުޅުއްދުއްފުށީ ރައްޔިތުން އެކަމާ ނުރުހުން ފާޅުކުރުމުން، ކައުންސިލުން ވަނީ އެކަން ދޮގު ކޮށްފަ އެވެ. ކައުންސިލުންް ބުނީ، ސްކޫލުގައި އިންޑިއާ ޓީޗަރުން ކުރިއަށް ގެންދިޔައީ "ގެޓް ޓްގެދާ" އެއް ކަމަށެވެ. އަދި ސްކޫލުގައި ދީނާ ހިލާފު އެއްވެސް ކަމެއް ކުރިއަށް ގެންގޮސްފައި ނުވާ ކަމަށެވެ.