ހަބަރު

މަރަދޫ އެކްސިޑެންޓްގައި އަނިޔާވި މީހާގެ ހާލު ދެރަ

އައްޑޫ ސިޓީ މަރަދޫގައި މީގެ ކުރިން ހިނގި އެކްސިޑެންޓެއް: އެ ރަށުގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހެއްގެ ހާލު ސީރިއަސް
0%
0%
0%

މިދިޔަ ހޯމަ ދުވަހު އިރުއޮއްސުނު ވަގުތު ސ. މަރަދޫގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް ކަމަށް އައިޖީއެމްއެޗް އިން ބުންޏެވެ.

މަރަދޫގައި ދެ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓްގައި އަނިޔާވި 55 އަހަރުގެ ފިރިހެން މީހާއަށް ފުރަތަމަ ފަރުވާ ދިނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގަ އެވެ. ނަމަވެސް އޭނާގެ ހާލަތު ގޯސްވުމުން މާލެ ގެނައީ އެވެ.

އައިޖީއެމްއެޗުން މިއަދު ބުނީ އެ މީހާގެ ހާލު އަދިވެސް ސީރިއަސް ކަމަށާއި ފަރުވާ ދެމުން ގެންދަނީ އައިސީޔޫގައި ބާއްވައި ވެންޓިލޭޓަރެއްގެ އެހީގައި ކަމަށެވެ. އޭގެ އިތުރު ތަފުސީލެއް ނުދެއްވަ އެވެ.

އެ މީހާއަށް އަނިޔާވި އެ އެކްސިޑެންޓްގައި ހިމެނޭ އަނެއް ސައިކަލުގައި އިން މީހާ ވަނީ އެ އެކްސިޑެންޓަށް ފަހު އެ މަޑު ނުކޮށް ގޮސްފައެވެ.

އެ ސައިކަލް ދުއްވި 17 އަހަރުގެ ކުޑަ ފިރިހެން ކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން ދަނިކޮށް، އޭނާ ފެނުނީ ލިބިފައިވާ އަނިޔާއަށް ފަރުވާ ހޯދަން ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ދިޔުމުންނެވެ. އޭނާއަށް މާ ބޮޑު އަނިޔާއެއް ލިބިފައެއް ނުވެއެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345