ހަބަރު

އައްޑޫ އެކްސިޑެންޓުގައި އަނިޔާވި މީހާ މަރުވެއްޖެ

އައިޖީއެމްއެޗް - ފޮޓޯ: މުހައްމަދު އަފްރާޙް | އަވަސް
0%
0%
0%

މިދިޔަ ސެޕްޓެމްބަރު މަހު އައްޑޫ ސިޓީ މަރަދޫ ގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވި މީހާ މިއަދު މަރުވެއްޖެ އެވެ.

މި އެކްސިޑެންޓު ހިނގީ މިދިޔަ މަހު 17 ވަނަ ދުވަހު އައްޑޫ މަރަދޫގައި ދެ ސައިކަލެއް ޖެހިގެންނެވެ. އެ ހާދިސާގައި އަނިޔާވި 55 އަހަރުގެ ފިރިހެން މީހާ އިތުރު ފަރުވާ އަށް މާލެ ގެނެސް އައިޖީއެމްއެޗުގައި ފަރުވާ ދެމުން ގެންދިޔަ އެވެ.

އައިޖީއެމްއެމްއެޗުގެ މީޑިއާ އޮފިޝަލެއް މިއަދު ވިދާޅުވީ އެކްސިޑެންޓުވި މީހާ މަރުވީ އައިސީޔޫގައި ފަރުުވާދެމުން ދަނިކޮށް މިއަދު ހެނދުނު 08:30 ހާއިރު ކަމަށެވެ.

މިދިޔަ މަހު ހިނގި މި އެކްސިޑެންޓުގައި އަނިޔާވެގެން މާލެ ގެނައި މީހާ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން އައިސީޔޫގައި ހޭ ނާރާވެސް އޮތެވެ. އޮފިޝަލް ވިދާޅުވީ މިދިޔަ އާދިއްތަ ދުވަހު ފަރުވާދެމުން ދަނިކޮށް ހޭއެރި ކަމަށެވެ. އެހެން ނަމަވެސް އޭގެ ފަހުން ފަރުވާ ދެމުން ދިޔައީ އައިސީޔޫގައި ކަމަށް އައިޖީއެމްއެޖުން ބުންޏެވެ.

އެ ހާދިސާގައި އެކްސިޑެންޓްވި އަނެއް ސައިކަލު ދުއްވަން އިން 17 އަހަރުގެ ކުއްޖާ އެ ސަރަހައްދު ދޫކޮށް ފިލި އެވެ. ނަމަވެސް އެކްސިޑެންޓުގައި ޒަހަމް ވެފައިވާތީ ފަހުން ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ފަރުވާއަށް އައުމުން އޭނާ ހައްޔަރުކުރިއެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345