ސިއްހަތު

ހަތަރު އަތޮޅަކަށް ޓީބީ ޓެސްޓު ކުރެވޭ މެޝިނު

ހޮސްޕިޓަލް ތަކުގައި ޓިބީ ބަލި ދެނެގަތުމަށް، ޓެސްޓް ކުރުމުގެ ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން ޑަބްލިއުއެޗްއޯ އިން ހެލްތު މިނިސްޓްރީއަށް ހަތަރު ޖީން އެކްސްޕާޓް މެޝިން ހަވާލުކޮށްފި އެވެ.

ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވީ، ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރެއިން މިހާރު ވެސް ރާއްޖޭގެ ދެ ސަރަހައްދެއްގައި ޖީން އެކްސްޕަޓް މެޝިން ބަހައްޓައި ހިދުމަތްދޭ ކަމަށެވެ. އަދި މިއަދު އަލަށް ލިބުނު ހަތަރު މެޝިން އަތޮޅުތަކަށް ފޮނުވަން ތައްޔާރުވެފައިވާ ކަމަށާއު މެޝިންތައް ފޮނުވާނީ ލ. އަތޮޅާއި ރ. ޅ. އަދި އައްޑޫ ސިޓީގެ ސިއްހީ ހިދުމަތްދޭ މަރުކަޒުތަކަށް ކަމަށެވެ.

އަދި، މިހާރު ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި، ތިނަދޫގެ ޑރ. އަބްދުލްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ޖީން އެކްސްޕާޓް މެޝިނުން ހިދުމަތް ދޭއިރު އިތުރު ހަތަރު ރަށުން އެ ހިދުމަތް ލިބުމުން ރާއްޖެއިން ޓީބީ ނައްތާލުމަށް ކުރާ މަސައްކަތްތަކަށް އިތުރު އެހީތެރިކަމެއް ލިބޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

މީގެ ކުރިން ޖީން އެކްސްޕާޓް މެޝިނުން ހިދުމަތް ދެނީ ހަމައެކަނި އައިޖީއެމްއެޗްގަ އެވެ.