ދުނިޔެ

ބަލާ ފޫހި ނުވާ ސަންދޯކު ވާދީ!

ގައުމުތަކުގައި ފަރުބަދަތަކާ ގުޅިފައިވާ ވާދީތަކަކީ ބަލައިލަން ރީތި ހިތްފޭސަހަ އަދި ފެހިކަން ގަދަ ތަންތަނެވެ. އެ ވާދީތައް ސަރާސަރުކޮޅަށް ދަމާލާފައި އޮވެއެވެ. އެފަދަ ވާދީއެއްގައި ހިނގާ ހިނގާ ދެފައި ވަރުބަލިވާއިރު ނިމޭ ހިސާބަކަށް ނުދެވެ އެވެ. އަދި ބަލައި ފޫއްސެއްވެސް ނުވެއެވެ. އެފަ ވާދީތަކުގެ ރީތިކަން އެންމެ ބޮޑަށް ފެންނާީ އުހުން ނަގާފައިވާ ވީޑިއޯ އާއި ފޮޓޯ ތަކުންނެވެ. އެކަމަކު ހޮންގްކޮންގުގެ މި ބޮޑު ވާދީ ފުރާލާފައި މި ވަނީ ބަރިބަރިއަށް ޖައްސާފައިވާ ސަންދޯކުތަކުންނެވެ.

ހޮންކޮންގުގެ މި ވާދީގައި މާ ބޮޑު ފެހި ކަމެއް ނެތެވެ. ފެންނާނީ ފަސޭހައިން ގުނާލެވެހޭ މަދު ގަސްތަކެވެ. އެހެންކަމުން މިއީ ސަންދޯކުގެ ވާދީ އެކެވެ. މި ވާދީގެ އުހުން ނަގާފައިވާ އޭރިއަލް ފޮޓޯތައް އިންޓަނެޓަށް ދޫކޮށްލީ ފިންބާ ފެލޮން ކިޔާ ޕޮޓޯގްރަފާރެކެވެ. އެ ފޮޓޯތައް މިހާރު ވަނީ އިންޓަނެޓުގެ ވައިގައި ހިފާފަ އެވެ.

ފިންބާ ފެލޮން ބޭނުންވީ އޭނާގެ އާ ފޮޓޯ ސީރީޒް ތަފާތު ކޮށްލާށެވެ. ތަފާތު ކޮށްލުމުގެ ބޭނުމުގައި ފިންބާ ފެލޮން ނިންމީ މާހަނަތަކުގެ ފޮޓޯތަކެއް ތަފާތު ގޮތަކަށް ގެނެސްދޭށެވެ. އެގޮތުން އޭނާ ވަނީ ހޮންގްކޮންގުގެ ހުރިހާ ސަހަރާތަކަކަަށް ޒިޔާރަތް ކޮށްފަ އެވެ.

ފޮޓޯ ސީރީޒް ނެގުމުގެ ދަތުރުގައި ފިންބާ ފެލޮންއަށް އެގުނީ ސަންދޯކުން ފުރާލާފައިވާ ވާދީއެއް އޮންނަ ކަމެވެ. އެހެންކަމުން މިއީ ފޮޓޯ ސްރީސްގެ މައި އަމާޒު ކަމަށް ބަލައި ސައްދޯކު ވާދީއަށްދާން ދަތުރު ފެށި އެވެ. އެ ވާދީއަށް ދެވުމުން އިރުގަނޑެއް ވަންދެން ހައިރާންވެ އަންތަރީސްވެފައި ހުންނަން ޖެހުނެވެ. އޭނާއަށް ފެނުނީ ހީކުރި ކަހަލަ މަންޒަރެއް ނޫނެވެ. ގުދުރަތީ ރީތި ކަމަށް ވުރެ ފެނުނީ ލޮލުގެ ނޫރު ދުރަސް އޮބައ ހުސްވާ ހިސާބަށް ވެސް ނުނިމޭ ވާދީއެއް ސަންދޯކުން ފުރިފައިވާތަނެވެ.

އުސް ފަރުބަދަތަކުގެ މަތިން ފެށިގެން ތިރިއަށް ވަށައިގެން ވަނީ ސަންދޯކުތަކެވެ. ބިން މަތީގައި ވެސް ސަންދޯކުތެކެވެ. ފަރުބަދައިގެ ކޮޅުގައި ވެސް ސަންދޯކުތަކެވެ. އަދި މިތަން ވެގެން ދިޔައީ އޭނާ އުއްމީދު ކުރި ކަހަލަ ވާދީއަކަށް ނުވުމުން، ފޮޓޯ ސީރިޒް ހެދުމުގެ މަސައްކަތް ލަސް ނުކޮށް ފެށި އެވެ.

މިއީ 7.5 މިލިއަން މީހުންގެ ސަންދޯކުތައް ބަހައްޓާފައިވާ ވާދީ އެކެވެ. ފިންބާ ފެލޮންގެ ފޮޓޯތައް ބަލައިލުމުން ހީވަނީ ގާދިމީ ޒާމާނެއްގައި ބަޔަކު ހަދާފައިވާ އާސާރީ ބިނާއެއްހެނެވެ. ފިލާގެ ބަދަލުގައި ސިމެންތިން ހަދާފައިވާ މި ސަންދޯއްތައް ހުންނަނީ އެއްވަރަކަށެވެ. އެ 7.5 މިލިއަން މީހުންގެ ވެސް ސަންދޯއް ހުރީ އެއްވަރަށެވެ. ސަންދުކު ވާދީގެ ބަދަލުގައި މިތަނަށް ކިޔާ އެހެން ނަމެއްވެސް އޮވެ އެވެ. އެއީ "ޑެޑް ސްޕޭސް" އެވެ.

ސަންދޯކު ވާދީ ފެނި ފިންބާ ފެލޮން ހުރީ ފާޑަކަށް ގަނޑުވެފަ އެވެ. އެއީ އޭނާ ނިސްބަތްވާ އިނގިރޭސިވިލާތުގެ ސަހަރާތަކުގައި ސަންދޯއްތައް ފިލައިން ހަދާފައި ހުންނާތީ އާއި އެ ސަހަރާތަކުން ފެހިކަން ފެންނާތީ އާއި ޑެޑް ސްޕޭސް ނުވަތަ "މަހާނަ ވާދީ" ގައި ފެހިކަމެއް ނެތުމުންނެވެ.

އަދި މި ވާދީގައި ސަންދޯއް ބަހައްޓާނެ ޖާގަ ހުސްވުމުން، ފަރުބަދަ މައްޗާއި ބިންމަތީގައި ވެސް ސަންދޯކު ބަހައްޓާފައިވާތީ އެވެ. ބައެއް ސަރަހައްދުތަކުގައި ސަންދޯއްތައް ހުރި ޖެހިޖެހިގެން ކަމަށްވުމުން، ސަހަރާއިން ގަހެއް ފަޅާނެ ޖާގައެއް ވެސް ނެތެވެ.

މަހާނަ ވާދީ އޮންނަނީ ވެސް ހޮންގްކޮންގުގެ މައި ސިޓީ އެއްގަ އެވެ. އެ ސިޓީގެ އުސް އިމާރާތްތަކުގައި އުޅޭ މީހުނަށް މި ވާދީ ވާނީ އާންމު މަންޒަރަކަށެވެ. އެކަމަކު މިއީ ދުނިޔޭގައި ދެން ތިބި އެހެން މީހުނަށް މަދުން ނޫނީ ނުފެންނާނެ އާ މަންޒަރެކެވެ.

ކުރީން ފެހިކޮށް އޮތް މިވާދީ މާހަނަ ވާދީއަކަށްވީ ސަންދޯކުގެ އަގު ބޮޑުވުމުންނެވެ. އެ ގޮތުން މީހާ މަރުވުމުން އަގު ހެޔޮކޮށް ސަންދޯއް ހަދައި އެ ވާދީގައި ބަހައްޓަނީ އެވެ. އެގޮތުން ސިމިންޓިން ހަދާ މި ސަންދޯކުތައް ބަހައްޓަން އެންމެ ކަމުދާ ތަނަކަށް ފެނުނީ އެ ވާދީ އެވެ. ދެން މި ގޮތަށް ފަހަރަކުު ސަންދޯކެއް ބަހައްޓަމުން ގޮސް ފަރުބަދަތަކުގެ އެންމެ އުހަށް ވެސް ފޯރީ އެވެ.

ސިމެންތިން ސަންދޯކު ހެނދުމަކީ މިހާރު ހޮންގްކޮންގުގެ ސަގާފަތުގައި ވެސް ހިމެނޭ ކަމެކެވެ. އަދި އޭޝިއާގެ އެހެން ގައުމުތަކުގައި ވެސް މި ސަގާފަތް އޮވެ އެވެ. ހޮންގްކޮންގަށް މި ސަގާފަތް ގޮސްފައި ވަނީ ޖަޕާނުންނެވެ.