ފޮރިން މިނިސްޓްރީ

ޗައިނާގައި ތިބި ދިވެހި ދަރިވަރުންނާ ޝާހިދު ބައްދަލުކުރައްވައިފި

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ޗައިނާގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނާ ބައްދަލުކުރައްވައިފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ ޗައިނާގެ ވެރިރަށް ބެއިޖިންގައި ކިޔަވަންތިބޭ ދިވެހި ދަރިވަރުންނާ ބައްދަލުކުރައްވާފައިވާކަމަށެވެ. މި ބައްދަލްކުރެއްވުމުގައި ދަރިވަރުންގެ ކިޔެވުމުގެ ކަންކަން ކުރިއަށްދާ ގޮތް މިނިސްޓަރު ވަނީ އޮޅުއްފިލުއްވާފައެވެ.

އަދި ދަރިވަރުންގެ ކަންބޮޑުވުންތައްވެސް މިނިސްޓަރު ވަނީ އަޑުއައްސަވާފަ އެވެ.

ޗައިނާ ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިނިސްޓަރު ޝާހިދު ވަނީ އޭޝިއަން އިންފްރާސްޓްރަކްޗާ ބޭންކް (އޭއައިއައިބީ) ގެ ނައިބު ރައީސް އަދި ޗީފް އިންވެސްޓްމަންޓް އޮފިސަރު ޑީ ޖަގަތީސާ ޕާންޑިއަންއާ ބައްދަލު ކުރައްވާފައެވެ. އަދި ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) ގެ ޗެއާމަން ޗެން ދައިހުއާވެސް ވަނީ ބައްދަލުކުރައްވާފައެވެ. މީގެ އިތުުރުން ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕްގެ ރައީސް ޑައޮސޮންގްވެސް ވަނީ ބައްދަލުކުރައްވާފައެވެ.


އެ ގަައުމުގެ ނައިބު ރައީސް ވަންގް ގިޝަން އާއި ފޮރިން މިނިސްޓަރު ވާންގް ޔީއާ ބައްދަލު ކުރައްވާ ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމާބެހޭ ގޮތުން މަޝްވަރާ ކުރައްވާނެކަމަށްވެސް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.