ހަބަރު

މެޑިކަލް ރިޕޯޓު ނަކަލުކޮށްގެން ވިސާ ހަދަން އުޅުނު ބިދޭސީއަކު ހިފަހައްޓައިފި

ވޯކް ވިސާ ހެދުމަށް އަސްލާ އެއްގޮތް މެޑިކަލް ރިޕޯޓެއް ބޭނުން ކުރަން އުޅުނު ބިދޭސީއެއް މިއަދު ހިފަހައްޓައިފި އެވެ.

އިމިގްރޭޝަނުން މިއަދު ކުރި ޓްވީޓެއްގައި ބުނީ، ފުލުހުންނާ ގުޅިގެން ހިންގި އޮޕަރޭޝަން އެއްގައި ވޯކް ވިސާ ހެދުމަށް ނަކަލު ކޮށްފައިވާ މެޑިކަލް ރިޕޯޓެއް ބޭނުން ކުރަން މަސައްކަތް ކުރި ބިދޭސީއެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެވެފައިވާ ބިދޭސީންގެ މައްސަލަތައް އިމިގްރޭޝަނުން ބަލަން ފަށާފައިވާއިރު މި ފަހުން ވަނީ ދެ ބިދޭސީ އެއް ޑީޕޯޓްވެސް ކޮށްލާފަ އެވެ. އޭގެ ތެރޭގައި ރާއްޖޭގައި ގަވައިދާ ހިލާފަށް މީހުން ރެކްރޫޓްކުރާ ކަމަށް ތުހުމަތު ކުރެވޭތީ އާއި ގަވާއިދާ ހިލާފަށް ހުއްދަނެތި ވިޔަފާރި ކުރާތީ ޑީޕޯޓް ކޮށްލި މީހެއްވެސް ހިމެނެ އެވެ.