މޯލްޑިވްސް ޕޮލިސް ސާވިސް

ފުލުހުންގެ ދެ އޮފަރޭޝަނެއްގައި ތިން ބިދޭސީން ހައްޔަރުކޮށްފި

ފުލުހުން ހިންގި ދެ އޮޕަރޭޝަނެއްގައި ތިން ބިދޭސީއަކު ބަނގުރަލާ އެކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މި ދެ އޮޕަރޭޝަންގެ ތެރެއިން ފުރަތަމަ އޮޕަރޭޝަން މި މަހުގެ 28 ވަނަ ދުވަހު ހިންގީ ގަވައިދާ ހިލާފަށް މާލެއަށް ބަނގުރާ އެތެރެކޮށް އެތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަށެވެ.

މިމައްސަލާގައި ފުލުހުން ވަނީ ހުޅުމާލެ ކެފޭއެއް ބަލައި ދެ ފިރިހެނުން ހައްޔަރުކޮށްފަ އެވެ. އެއީ ބަންގްލަދޭޝްގެ 26 އަހަރުގެ ފިރިހެނަކާއި އިންޑިއާގެ 21 އަހަރުގެ ފިރިހެނެކެވެ. އެ ކެފޭ ބަލައި ފާސްކުރުމުގެ ތެރެއިން ހަތް ފުޅި ބަނގުރަލާއި 72 ދަޅު ބިޔަރު ފެނިފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތުދެ އެވެ.

ދެވަނަ އޮޕަރޭޝަން މިމަހުގެ 29 ފުލުހުން ވަނީ މާލޭގެ ގެއެއް ބަލައި ފާސްކޮށް 42 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކު ހައްޔަރުކޮށްފަ އެވެ. އެ ގެއިން 34 ފުޅި ބަނގުރާ ފެނިފައިވާ ކަަމަށްވެސް ފުލުހުން ބުންޏެވެ.

މި ދެ އޮޕަރޭޝަންގައި ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރުތުތަކެއް ކޮށްލުމަށްފަހު ކޯޓުން ވަނީ އެ މީހުން ދޫކޮށްލާފަ އެވެ. މި މީހުން ދޫކޮށްލުމާ ގުޅިގެން ފުލުހުން ވަނީ މި މީހުން އިމިގްރޭޝަނާ ހަވާލުކޮށްފަ އެވެ.