ރަހީނު ކުރުން

ރަހީނު ކުރި ބިދޭސީއަކު އަމިއްލައަށް ސަލާމަތްވެއްޖެ

Sep 30, 2019

ރާއްޖޭގައި އުޅެމުން އައި ބަންގްލަދޭޝްގެ މީހަކު ރަހީނު ކުރި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ އިއްޔެ މެންދުރު ފަހު 2:45 އެހާކަންހާއިރު ބަންގްލަދޭޝްގެ 34 އަހަރުގެ ފިރިހެނަކު ރަހީނު ކޮށްގެން އުޅޭ ކަމުގެ މައުލޫމާތު ލިބުނު ކަމަށެވެ. އަދި އެ ރިޕޯޓާއެކު އެ މީހާ ހޯދަން މަސައްކަތް ފެށި ނަމަވެސް އޭގެ އެއް ދުވަސް ފަހުން، ރަހީނު ކުރި މީހުންގެ ކިބައިން އެ މީހާ އަމިއްލައަށް ސަލާމަތްވެފަައިވާ ކަމަށެވެ.

އަދި ބުނީ ރަހީނު ކުރި މީހުންގެ ކައިރިން ސަލާމަތް ވެގެން އެ މީހާ ފުލުހަށް ހާޒިރުވެ ރަހީނު ހާދިސާ ކިޔާ ދީފައިވާާ ކަމަށެވެ.

އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެ މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރު ކޮށްފައެއް ނުވެ އެވެ.