ހަބަރު

ހާލުގައި ޖެހުނު މީހުންނަށް އެހީވާން ޕީޕީއެމް، ޕީއެންސީން ޓެލެތޯންއެއް ބާއްވަނީ

ޕީޕީއެމް، ޕީއެންސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- އެ ދެޕާޓީން ވަނީ އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު މީހުންނަށް އެހީވާން ޓެލެތޯންއެއް ކުރިޔަށް ގެންދަން ނިންމާފައި -- ފޮޓޯ: ކޮންގްރެސްޕާޓީ
16.7%
33.3%
50%

ރޭ ހިނގައިދިޔަ އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް އެހީވުމަށްޓަކައި ޓެލެތޯންއެއް ބާއްވަން ޕީޕީއެމްއާއި، ޕީއެންސީން ނިންމައިފި އެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ދެޕާޓީގެ ފަރާތުން ވާހަކަ ފުޅު ދައްކަވަމުން ކުރީގެ ޑިފެންސް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްްބަރު އާދަމް ޝަރީފު ވިދާޅުވީ، އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިވުމަށްޓަކައި ޓެލެތޯންއެއް ފަށަން ނިންމާފައިވާ ކަމަށެވެ. އަދި އެކަމުގައި އާންމުންނަށްވެސް އެހީތެރިކަން ފޯރުކޮށްދެވޭނެ އިންތިޒާމުތައް ހަމަޖެހިގެންދާނެ ކަމަށެވެ.

އެކަން ކުރުމަށްޓަކައި އިދާރީ ގޮތުން ކުރަންޖެހޭ ކަމެއް އެބަ އޮތް ކަމަށާއި، އެކަމަކީ އެކަމަށް ވަކި ހާއްސަ އެކައުންޓެއް ހުޅުވުން ކަމަށެވެ. ރައްޔިތުންނަށް ދެފުށްފެންނަ ގޮތެއްގައި އެކަން ކުރުމަށްޓަކައި ބޭނުންވާ ބޭންކު އެކައުންޓު ހުޅުވުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި، އެކަން ކުރެވުނުޙާ އަވަހަކަށް ޓެލެތޯން ބާއްވާނެ ކަމަށާއި، އެހެން ހުރިހާ އިންތިޒާމެއް މިހާރު ވަނީ ހަމަޖެހިފައި ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން އާދަމް ޝަރީފު ވަނީ މިފަދަ ދަނޑިވަޅެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އދ.ގައި ތަގުރީރު ކުރައްވަން ވަޑައިގަތުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި، އެކަން ކުށްވެރި ކުރާ ކަމަށެވެ. މީގެ އިތުރުން އޭނާ ވަނީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ބަލަން ޖެހޭ ވަރަށް ނުބަލައި މީޑިއާތަކަށް މައުލޫމާތުދީފައިވާ ކަމަށްބުނެ އެކަންވެސް ކުށްވެރިކޮށްފަ އެވެ.

ރޭ ހިނގައިދިޔަ ހާދިސާގައި 400 އަށްވުރެ ގިނަ މީހުން ހާލުގައި ޖެހިގެން ރިޕޯޓްކޮށްފައިވާކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ވަނީ ބުނެފަ އެވެ. އޭގެ ތެރެއިން 13 އާއިލާއެއްގެ 83 މީހުން މިހާރު ވަނީ ވަގުތީ ހިޔާތަކަށް ބަދަލުކޮށްފައި ކަމަށާއި، ބައެއް ބިދޭސީންނާ ވެރިފަރާތުން ހަވާލުވެފައިވާއިރު 59 ބިދޭސީންއަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށް ވެސް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ވަނީ ބުނެފަ އެވެ.

6 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ނާޒިމްބެ

މުނާފިގުން...

ޔާމީން 3000

ލައްކަ ދުވަސް ވެއްޖެ އޭ މިހާރު ލާރި ކޮޅެއް ނުލިބޭތާ، އަނެއްކާ ތި އުޅެނީ ލާރި ގަންޑެއް ކާލަން، ކަލޭމެން ޓެލެތޯން ހުޅުވައިން އެޔައް ލާރި ލާނެ ބައެއް ނުތިބޭނެ، ލިބޭހާ ލާރި ކާލާނީ، ތި ބައިގަނޑަށް މިހާރު މި ގައުމުގަ ނޫޅޭނެ އިތުބާރު ކުރާނެ ބަޔަކު. ކަމެއް ވީމަ ދޯ އެހެން މީހަކު ހޮވާފަ އެހުރީ

ޖަމީލު

ހާ.. ބަނޑަށް ޖެހިފައި އޮތް ޕާޓީއާ ޗެނަލް 13 ފައިސާ ހޯދަން އެއުޅެނީި. .

އިބުރާ

އަލިފާނުގައި ހާލުގައި ޖެހުނު މީހުންނަށް އެހީވާންތޯ ނޫނީ ތިބޭފުޅުންގެ ޕާޓީ ހަރަކާތްތަކަށް ފަންޑު ހޯއްދަވަންތޯ ތިއުޅުއްވަނީ؟ މިހެން އަހާލަން މިޖެހެނ މީގެ ކުރިން ދައުލަތުގެ މުދަލާއި ވަސީލަތްތައް މުށުގައި އޮތް އިރު ކަންތައް ވެގެން ދިޔަ ގޮތުން

މިރާ

އޭކޮރޭ ކީކޭ ތިކިޔަނީ އާނ ކޮރޭ

ހުވޭ

ތީގެން ލިބޭ ލާރިކޮޅުވެސް ކާލާނީ.

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345