ހަބަރު

ބްލޭމްގޭމް ކުރިއަށް ގެންދާނެ އަސާސެއް ނެތް: މުއިއްޒު

ޑރ. މުއިޒް: އޭނާ ވަނީ ކުރީ ސަރުކާރު ބަދުނާމު ކުުރެވޭނެ އަސާސެއް ނެތް ކަމަށް ވިދާޅުވެފައި - ފޮޓޯ: އަވަސް
0%
0%
0%

ގުދަންތައް ބަދަލު ކުރުމުގެ މައްސަލައިގައި މިހާރުގެ ސަރުކާރުން ކުރީ ސަރުކާރު ބަދުނާމު ކުރުމަށް ކުރާ މަސައްކަތްތައް ހުއްޓާލަން ޖެހޭ ކަމަށާއި، އެކަން ކުރެވޭނެ އަސާސެއްވެސް ނެތް ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑެރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރޭ ޕީޕީއެމްއާއި، ޕީއެންސީ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މާލޭގައި ހުރި ގުދަންތަށް އިންޑަސްޓްރިއަލް ޒޯނަށް ބަދަލު ކުރުމާއި ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، ގުދަންތައް ބަދަލު ކުރުމުގެ މަސައްކަތް މިހާރު ހުންނަންވާނީ ނިމިފައި ކަމަށާއި، އެކަމުގައި ރައީސް ޔާމީންގެ ސަރުކާރު ބަދުނާމު ނުކުރެވޭނެ ކަމަށެވެ.

މާލެ ތެރޭގައި ހުންނަން ނުޖެހޭ ހުރިހާތަނެއް ކަހަލަ ގޮތަކަށް ބަދަލު ކުުރުމަށްޓަކައި ކުރީގެ ރައީސް އަބުދުﷲ ޔާމީންގެ ސަަރުކާރުން 7 ހެކްޓަރުގެ ބިން ހިއްކާ، އެތަން ތަރައްގީ ކުރުމުގެ މަސައްކަތް ވަނީ ކޮށްފައި ކަމަށާއި، ސަރުކާރުން ހޭދަ ނުކޮށް، އެތަނުގައި ގުދަންތައް އެޅުމަށްޓަކައި އެމްޕީއެލްއާއި ހަވާލުކޮށްފައިވާ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

"އެމްޕީއެލްއިން އެކަމަށް ފައިސާ ހޯދައިގެން އެކަން ކުރާގޮތަށް. ސަރުކާރު ބަދަލުވި އިރު އޮތީ ފައިސާގެ ހުރިހާކަމެއްވެސް ނިމި، އެބޭފުޅުންވެސް ބަޔަކާއެކީ އެގްރީމަންޓެއްހަދާ މަސައްކަތް ފަށަންވެސް ތައްޔާރުވެފައި. އެހެންވީމަ އެހިސާބަށް ގޮސްފައި އޮތް ކަމެއް. މި ދެންނެވި ކުރެހުންތައް ހަދާ، ފައިސާ ހަމަޖެހި، ކުންފުނި ހަމަޖެހި، ދެން އޮންނާނީ މަސައްކަތް ފެށުން ނޫންތޯ" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު އިތުރަށް ވިދަޅުވީ، ރައީސް ޔާމީންގެ ވެރިކަން ބަދަލުވީ އެ ހިސާބަށް އެކަން ގެންގޮސްފައި ވަނިކޮށް ކަމަށާއި، އޭގެ ފަހުން 10 މަސްދުވަސްވެފައިވާ ކަމަށެވެ. އަދި 10 މަސް ވެގެން ދިޔައިރު، މާލެތެރޭގައި ހުރި ގުދަންތައް ބަދަލު ނުކުރެވި ހުރި ސަބަބު ހޯދަން މި ސަރުކާރާއި ސުވާލު ކުރަންޖެހޭ ކަމަށެވެ.

މީގެ އިތުރުން އެކަންކަމާއި ގުޅޭ ގޮތުން ހަދާފައިވާ ދިރާސާތަކާއި، ހުރިހާ މައުލޫމާތެއް ޓްރާންސިޝަން ޕީރިއޭޑް، ނުވަތަ ސަރުކާރު ބަދަލުވުމުގެ މަރުހަލާގައި ހިއްސާކޮށްފައިވާކަމަށާއި، މާލޭގައި ހުރި ގުދަން ތަކުގެ ތަފްސީލުވެސް ހިއްސާކޮށްފައިވާނެ ކަމަށެވެ.

4 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345