ވިޔަފާރި

އެޗްޑީއެފްސީން ބޮންޑު ވިއްކަން ފަށައިފި

Sep 22, 2019
1

ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އިން 80 މިލިއަން ރުފިޔާގެ ބޮންޑު ވިއްކަން ހުޅުވާލައިފި އެވެ.

އެޗްޑީއެފްސީ އިން ބޮންޑު ވިއްކާނީ މިއަދުން ފެށިގެން ނޮވެމްބަރު 12 ވަނަ ދުވަހުގެ ނިޔަލަށެވެ.

އެޗްޑީއެފްސީ އިން މި ފަހަރު ވިއްކަން ހުޅުވާލާފައިވަނީ 80،000 ބޮންޑެވެ. ބޮންޑެއް ވިއްކާ އަގަކީ 1،000ރ. އެވެ. މި ފަހަރުގެ ބޮންޑު ދޫކުރާނީ 10 އަހަރު ދުވަހަށެވެ. އަހަރަކު ދެ ފަހަރު ފައިދާ ބަހާއިރު ބޮންޑު ދޫކުރަނީ ހަތް ޕަސެންޓުގަ އެވެ.

އެޗްޑީއެފްސީގައި ދިވެހި ސަރުކާރުގެ 49 ޕަސެންޓް ހިއްސާ އާއި އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައިއެފްސީ) ގެ 18 ޕަސެންޓު ހިއްސާ އަދި އޭޝިއަން ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އޭޑީބީ) ގެ 18 ޕަސެންޓް ހިއްސާ އާއި އެޗްޑީއެފްސީ އިންވެސްޓްމަންޓް އިންޑިޔާގެ 15 ޕަސެންޓް އޮވެ އެވެ.