އިގްތިސޯދު

ގައުމީ އުފެއްދުންތެރިކަން ދަށްވެ، އިގްތިސޯދީ ދުވެލި މަޑުވެއްޖެ

Sep 23, 2019
15
ހުޅުމާލޭގައި ހަދަމުން ގެންދާ ހިޔާ މަޝްރޫއުގެ ފްލެޓުތަކެއް: ރާއްޖޭގެ އިމާރާތް ކުރުމުގެ ދާއިރާ ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައި -- މުހައްމަދު އަފްރާހު | އަވަސް
61.5%
23.1%
15.4%

މި އަހަރުގެ ފުރަތަމަ ކްއާޓަރުގައި ރާއްޖޭގެ ގައުމީ އުފެއްދުންތެެރިކަމުގެ ނިސްބަތް (ޖީޑީޕީ) ދަށްވެ، އިގްތިސޯދީ ދުވެލި މަޑުވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.

އެމްއެމްއޭގެ ކްއާޓަލީ އިކޮނޮމިކް ބްލެޓިން ގައިވާ ގޮތުން މިދިޔަ އަހަރުގެ ފަހު ކްއާޓަގައި ރާއްޖޭގެ ޖީޑީޕީ ހުރީ 4.7 ޕަސެންޓުގަ އެވެ. ނަމަވެސް މި އަހަރު ޖީޑީޕީ ވަނީ 3.1 ޕަސެންޓަށް ދަށަށް ގޮސްފަ އެވެ.

ރާއްޖޭގެ އިގްތިސޯދީ ދުވެލި މަޑުޖެހުނު މައިގަނޑު ސަބަބެއް ކަމަށް އެ ރިޕޯޓްގައި ބުނެފައި ވަނީ އިމާރާތް ކުރުމުގެ ދާއިރާ ކުރި ނޭރުމެވެ. އެ ދާއިރާއަށް އެތެރެ ކުރާ އުފެއްދުންތައް މަދުވެ، މުޅި ސިނާއަތް ދަށަށް ގޮސް ހޯލް ސޭލް އަދި ރީޓެއިލް ވިޔަފާރިއަށް ވެސް އޭގެ އަސަރު ކޮށްފައިވާ ކަމަށް ބުނެފައިވެ އެވެ.

އެމްއެމްއޭ އިން ބުނެފައިވާ ގޮތުގައި ލިބެން ހުރި މައުލޫމާތު ތަކަށް ބަލާއިރު، ރާއްޖޭގެ ޓޫރިޒަމް ސިނާއަތު ކުރިއެރި ނަމަވެސް އިގްތިސޯދު ވަނީ ދަށްވެފަ އެވެ. ރާއްޖޭގެ އިގްތިސޯދުގައި އެންމެ ބޮޑު ރޯލެއް އަދާކުރާ ޓޫރިޒަމުން ޖީޑީޕީގެ ކުރިއެރުމަށް 2.4 ޕަސެންޓަށް ހިއްސާ ކޮށްފައިވާ ކަމަށް ބުނެފައިވާއިރު، ދަތުރުފަތުރާއި މުއާސަލާތީ ބައިގެ ހިއްސާއަކީ 0.7 ޕަސެންޓެވެ. އަދި މާލީ ހިދުމަތްތައް ހިއްސާ އުޅެނީ 0.4 ޕަސެންޓުގަ އެވެ.

ރާއްޖޭގެ އިގްތިސޯދު ދަށަށް ގޮސްފައިވާ ކަމަށް އެމްއެމްއޭ އިން ބުނިއިރު، ދުނިޔޭގެ މާލީ އިދާރާ ތަކުން ވެސް ވަނީ މި އަހަރު ރާއްޖޭގެ އިގްތިސޯދީ ދުވެލި މަޑުޖެހޭނެ ކަމަށް ކުރިން ލަފާ ކޮށްފަ އެވެ.

15 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

އަލިހުރަސް

ޔާމީން ވައްކަން ކުރީމަ ރިޒާރވު އިތުރުވީ، ހޮސްޕިޓަލްތަށް އިތުރުވީ، މަގު ފުޅާވި، ފާލަން އެޅި، ފުލަޓު އެޅި، ބިން އިތުރުވެ، ޑޮލަރު ތިޔާގިވެ އަދި އިގުތިސާދު ކުރިއެރި މިހާރު ހަތަރިސްކަން ކުރާ މީހުން ފުރަތަމަ ތޮށި ކާފާ ދެން ކެޔޮ ކަނީ ހުރިހާ އެއްޗެއްވީ ދަށް.. މާތް ކަލާނގެ އަށް ވަކީލް!

ޒ

ކޮރަޕްޝަން ބޮޑުވާވަރަކަށް ޖީޑީޕީ މަތިވާނެ. އިންސާފުން ކަންކަން ކުރަން ވަގުތު ބޭނުންވާނެ! ތެޅިފޮޅިގަނެގެން ކުރާކަންތައްތައް ގިނަފަހަރު ދެފަހަރު އޮންނާނީ ކުރަން ޖެހިފައި! އޭގެ މިސާލެއް އެއީ "'މުއިއްޒުވުން" . ދިވެހިރާއްޖޭގައި އަސްލު ފައިސާހުރީ މަދުބައެއްގެ އަތުގައި، ދެން މުޅިން ގެންގުޅޭނީ ލޯނު ފައިސާ. ބެންކް ގެ ތަފާސް ހިސާބަށް ބަލާލިޔަސް ވިސްނޭނެ.

ފަސީނާ

1.6 ޕަސެންޓު ވެއްޓުމަކީ ވަރައްބޮޑު އަދަދެއް އެހާ ކުރުމުއްދަތަކައް ބަލާއިރު.

ކޮބާ

ކޮބާ ރަންރީނދޫ ޓްވިޓަރޭ ހުންނާނެ މިހާރު ތަމެންނަށް ރަނގަޅަށް ރާކަނި މަސްކެވިފައި އިނގޭތޭ...

ކޮލެޖު އިކޮނޮމިސްޓް

ޔާމީން އެހުރިހާ ކޮރަޕްޝަނަކާއި އެކު އިގްތިސާދީ ދުވެލި މައްޗަށް ޖެއްސީ ކިހިނެތް؟ އެހުރިހާ އިންވެސްޓްމަންޓް ހޯދީ ކިހިނެތް؟

ކައުންސެލަރު

ގަމާރުނޫނިއްޔާ ޔާމީނަކީ އިކޮނޮމިސްޓެއްކަން، އިންގްލަންޑްގެ އިކޮނޮމިސްޓް ޖަހާފައި އިން ބޯޑެއްކައިރީގައި ފޮޓޯނެގި ދެކޮހުންނަށް އެނގޭނެ. މިހާރު މިފެންނަނީ އަތަށް ގޮވަމުންދާތަން

އަލިބެ

ސާބަސް އިބޫ. ހިންގުންތެރި ދުރުވިސްނޭ ވެރިން ފެނިއްޖެ ފިސާރި.

މޮގަމްބޯ

ޖީޑީޕީ އަކީ އިންސާނުންގެ އުފެއްދުމެއް. އަސްލު ޖީޑީޕީ އަކީ އަޅުކަން، އެކަމަށް ތިޔަބައި މީހުން އަވަސްވެ ގަންނާށެވެ. ގިޔާމަތް ދުވަހުން އެއްމެ ވަރުގަދަ ޖީޑީޕީ އަކީ އަޅުކަން އޭގެ އެންމެ ރަގަޅު ގޮތުގައި ކުރި މީހާކަން ދަންނާށެވެ. ދުނިޔޭގެ އުފާ ދޫކޮށް ކާފަރުން އުފަލުގައި އުޅުމަށް ދޫކޮއްލާށެވެ، އަދި ކާފިރުންގެ ގައުމުތަކަށް ހިޖުރަ ނުކުރުމަށްވަނީ ތިޔަބައި މީހުންގެ މައްޗަށް ހުކުމް ކުރެވިފައެވެ.

ބަސީނާ

އިސްލާމް ދީނުގައި އަންގަވަނީ ދެ ދުނިޔޭގެ ޖީޑީޕީ އިތުރުކުރަން.. ހަމަ އެކަނި ގިޔަމަތުގެ ޖީޑީޕީ އެއް ނޫން.. ދެ ޖީޑީޕީ އިތުރުކުރަން މާ އުނދަގޫވެފަ ހެޔޮކަންބޮޑު. އަމިއްލައައް މަރުވެގަތުމައް ވުރެ.

ކިނިކްސް

ދުވެލި މިހާރު މަދު ޖެހުނަސް އަހަރު ނިމޭއިރު ކުރި އަރާނެ.

ފާލް

އަހަރުގަ ބާކީ އޮތީ އެންމެ ކުއާޓާއެއް.. ދެން މި ގެއްލުނު 1.6 ޕަސެންޓު އެއް ކުއާޓަރަކުން ނާރާނެ.. އިގުތިސޯދު ދަނީ ހީނަރުވަމުން..

ކުޑަ އަލީ

ވިދާޅުވެ ލައްވާ ކުރިއަރާނެ ސަބަބު ވާނީ ދައް ބޭފުޅާ މިހާރު މިރާއްޖެއަކު ނެތް ކުރާނެ މަސައްކަތެއް ދައުލަތައް ވަންނަ ލާރިއަށް ވާނުވާއެއް ނޭގޭ

ޒިއްޖޫ

ރައީސް ޔާމީން ވެރިކަމުން ދުރު ކުރެވުނީ ވައްކމޭ ކޮރަޕްޝަން އޭ އަނިކައްޗޭ ކިޔަގެން. އޭރު ކުރިއަރަމުން ތަރައްޤީ ވަމުން އައި ރާއްޖެ އިޤްތިސާދު ދައްވެ ތަރައްޤީ ހުއްޓުނީ ވެރިކަން ކުރަން ނޭގި އެކަމަށް ފާޑު ކިޔުމުން. ހަޤީޤީ އިކޮނޮމިސްޓެއްގެ ވެރިކަން ނިމިގެންދިޔަ ކަމުގެ އިހްސާސް މިއަދު ކުރެވެން ފަށައިފި

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345