ހަބަރު

ހައިވޭގައި ތިން ކާރު ޖެހި އެކްސިޑެންޓު ވެއްޖެ

މާލެ ހުޅުމާލެ ހައިވޭގައި ތިން ކާރު ޖެހި އެކްސިޑެންޓު ވެއްޖެ އެވެ. އެކްސިޑެންޓްގައި މީހަކަށް ގެއްލުމެއް ނުވެއެވެ.

ފުލުހުން މިއަދު ބުނީ މާލެ އިން ހުޅުމާލެ އަށް ދާން އޮންނަ ހައިވޭގައި ތިން ކާރު ޖެހި އެކްސިޑެންޓު ވެގެން ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި އެކްސިޑެންޓު ހިނގަން މެދުވެރިވީ ހައިވޭގައި މަސައްކަތް ކުރަން ޖަހާފައިވާ ކޯނެއް ވަޔާއެކު ކާރަކާ ދިމާލަށް ދިޔަ ވަގުތު ކާރު ކުއްލިއަކަށް މަޑު ކުރުމުން ކަމަށެވެ. އަދި އެ ވަގުތު ފަހަތުން އައި ދެ ކާރަށް ކޮންޓްރޯލް ނުވެގެން ޖެހުނީ ކަމަށެވެ.

ފުލުހުން ބުނީ ހައިވޭގައި ހިނގި މި އެކްސިޑެންޓުގައި ތިން ކާރު ޑްރައިވަރުންގެ އަތުގައިވެސް ލައިސަންސް އޮތެވެ.