ދިވެހި ރާއްޖެއާ ޗައިނާގެ ގުޅުން

ރާއްޖޭގެ ޓޫރިޒަމަށް އިންވެސްޓް ކުރަން ޗައިނާއަށް ދައުވަތު

ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ފުޅާކުރަން އެ ދާއިރާއަށް ޗައިނާގެ ވިޔަފާރިވެރިން އިންވެސްޓް ކުރުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ގޮވާލައްވައިފި އެވެ.

ޝާހިދު މިކަމަށް ގޮވާލެއްވީ ޗައިނާގެ ޒިންހުއާ ނިއުސް އޭޖެންސީއަށް ދެއްވި އިންޓަވިއުއެއްގަ އެވެ.

ފޮރިން މިނިސްޓަރު ކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ޗަައިނާއަށް ކުރެއްވި ފުރަތަމަ ދަތުުރުފުޅުގައި ޒިންހުއާއަށް ދެއްވި މި އިންޓަވިއުގައި ޝާހިދު ވަނީ ޗައިނާގެ ވިޔަފާރިވެރިންނަށް ރާއްޖޭގައި އިންވެސްޓް ކުރަން ގޮވާލައްވާފަ އެވެ. ވަކިން ޚާއްސަކޮށް ރާއްޖޭގެ ފަތުުރުވެރިކަމުގެ ދާއިރާއަށް އިންވެސްޓް ކުުރަން ގޮވާލެއްވި އެވެ.

ޝާހިދު ވިދާޅުވީ ރާއްޖޭއަށް މިހާރުވެސް އެންމެ ގިނައިން ފަތުުރުވެރިން އަންނަނީ ޗައިނާއިން ކަމަށާ އެ އަދަދު އިތުރު ވުމަކީ އެދިވައި ގަންނަވާ ގޮތް ކަމަށެވެ. އަދި އެ ގައުމުން ރާއްޖެއަށް އުދުހޭ އެއާލައިންތަކުގެ އިތުރުވުމަކީ ވެސް އުންމީދެއް ކަމަށް ވިދާޅުވި އެވެ.

ޝާހިދު އެހެން ވިދާޅުވި އިރު ކުރިއަށް އޮތް ފަސް އަހަރު ދުވަހު ރާއްޖޭގައި ޗުއްޓީ ހޭދަކުރާ ޗައިނާ ފަތުރުވެރިންގެ އަދަދު އަހަރަކު އެއް މިލިއަނަށް އިތުރު ކުރަން ސަރުކާރުން ވަނީ އަމާޒު ހިފާފަ އެވެ.

ޒިންހުއާ ނިއުސް އެޖެންސީން ކޮށްފައިވަ ޓުވީޓެއް

ޝާހިދު ވިދާޅުވީ ދެ ގައުމުގެ މެދުގައި އޮތް ގާތް ގުޅުން އިތުރަށް ހަރުދަނާ ކުރުމާބެހޭ ގޮތުން ޗައިނާއާއެކު ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވުނު ކަމަށެވެ.

"އަމާޒަކީ 2023 ވަނަ އަހަރު އަންނަންވާއިރަށް ޗައިނާއިން އަހަރަކު އެއް މިލިއަން ފަތުރުވެރިން ރާއްޖެއަށް އައުން،" ޝާހިދު ވިދާޅުވި އެވެ.