ބިދޭސީ މަސައްކަތްތެރިން ގެންނަން ކޯޓާއަށް އެދި އޮޅުވާލާފައިވާ ސައްހަ ނޫން ލިޔެކިޔުންތައް ހުށައަޅާފައިވާ ކުންފުނިތަކުގެ ނަންތައް އިކޮނޮމިކް މިނިސްޓްރީން އާންމުކޮށްފި އެވެ.
އެ މިނިސްޓްރީން އިއްޔެ ވެސް ވަނީ މިފަދަ ކުންފުނިތައް ހިމެނޭ ލިސްޓެއް އާންމު ކޮށްފަ އެވެ. ނަމަވެސް އެ ލިސްޓްގައި މައްސަލަތަކެއް އުޅޭކަން ފާހަގަކުރެވިގެން މިއަދު އެ މިނިސްޓްރީން ވަނީ އެ ލިސްޓް ހިމެނޭ އިއުލާން ބާތިލުކޮށްފަ އެވެ. އަދި ބިދޭސީ މަސައްކަތްތެރިން ގެނައުމަށް ކޯޓާއަށް އެދި އޮޅުވާލާފައިވާ ސައްހަ ނޫން ލިޔެކިޔުންތައް ހުށައަޅާފައިވާ "އަސްލު" ކުންފުނިތައް ހާމަކޮށް އިތުރު އިއުލާނެއް ވަނީ ކޮށްފައެވެ. މި ލިސްޓުގައި 8 ކުންފުންޏަކާ، 4 މީހެއްގެ ނަން ވަނީ އާންމުކޮށްފައެވެ.
ސައްހަ ނޫން ލިޔެކިޔުންތައް ހުށައެޅި ކުންފުނިތައް / މީހުން
- ނިއު ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޑެޓް
- ވެމްޒޯ ޕްރައިވެޓް ލިމިޑެޓް
- ސަރަމީ ޕްރައިވެޓް ލިމިޑެޓް
- ޒުބައިރު އަބްދުﷲ (ރަން ހިރު ފެހުން)
- ސައިފުﷲ ހަސަން (ކިންގް ކޮންސްޓްރަކްޝަން)
- ޖިއާޒު މޯލްޑިވްސް ޕްރައިވެޓް ލިމިޑެޓް
- ނިއޯ އީކޯ ޕްރައިވެޓް ލިމިޑެޓް
- އުސްމާން ނައީމް (ކޮމްބައިން ބިލްޑް)
- މުހައްމަދު ފަތުހުﷲ (އެފްއެސްބީ ހޯލްޑިންގްސް)
- ސަން ސިޓީ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޑެޓް
- ސިނޮޕެކް ޕްރައިވެޓް ލިމިޑެޓް
- ވޯޓާ ޕާކް މޯލްޑިވްސް ޕްރައިވެޓް ލިމިޑެޓް
އިކޮނޮމިކް މިނިސްޓްރީން ބުނީ މި ލިސްޓްގައި ހިމެނޭ ކުންުފުނިތަކާ، މީހުންގެ މައްސަލަ އިތުރަށް ތަހުގީގު ކުުރުމަށް ފުލުހުންގެ އިދާރާއަށް ހުށައަޅާފައިވާކަމަށެވެ.
އަދި ކުރިއަށް އޮތްތާވެސް ސައްހަ ނޫން ލިޔެކިޔުންތައް ހުށައަޅާ ކުންފުނިތަކުގެ މައުލޫމާތު އާންމުކޮށް، މައްސަލަ ތަހުގީގުކުރުމަށް ކަމާބެހޭ އިދާރާތަކަށް ފޮނުވާނެ ކަމަށެވެ.