ބާ ކައުންސިލް

ބާ ކައުންސިލަށް މެންބަރަކު އިންތިހާބު ކުރުމަށް ވޯޓު ނަގަން ފަށައިފި

ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީން ހުސްވެފައިވާ މެންބަރު ކަމަށް ބޭފުޅަކު އިންތިޚާބުކުރުމަށް ވޯޓް ނަގަން ފަށައިފި އެވެ.

އެ ކައުންސިލްގެ އެގްޒެކްޓިވް ކޮމެޓީގެ މެންބަރުކަމަށް ކުރިމަތިލާން ހުޅުވާލީ، ކުރިން އެ މަގާމުގައި ހުންނެވި އައިޝާ ޝުޖޫން އެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. ޝުޖޫން އެ މަގާމުން އިސްތިއުފާ ދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އޭނާ އައްޔަން ކުރަން ނިންމެވުމާއި ގުޅިގެނެވެ.

ބާ ކައުންސިލުން ހުސްވެފައިވާ އެގްޒެކްޓިވް ކޮމެޓީގެ މެންބަރުކަމަށް ކުރިމަތިލެއްވީ އަބްދުއްސަލާމް އާރިފާއި ނޫރުބާން ފަހުމީ އެވެ.

ވޯޓްލުން ކުރިއަށްދަނީ މިއަދު ހެނދުނު 9:00 ފެށިގެން 3:00 ގެ ނިޔަލަށް އިންތިހާބީ މަރުކަޒު ބާ ޖަމާލުއްދީނުގައެވެ.

އިންތިހާބުގައި 695 ގާނޫނީ ވަކީލަކަށް ވޯޓް ލުމުގެ ހައްގު ލިބެ އެވެ،

ފުރަތަމަ ފަހަރަށް ބޭއްވި ބާ ކައުންސިލް އިންތިހާބު ކާމިޔާބު ކުރައްވާ އެގްޒެކެޓިވް ކޮމެޓީގެ މެންބަރު ކަމަށް އިންތިޚާބުވެފައިވަނީ ކުރީގެ ޕްރޮސިކިއުޓާ ޖެނަރަލް އަހުމަދު މުއިއްޒާއި މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު އަނާރާ ނައިމާއި އެމްޑީޕީގެ ސެކްރެޓްރީ ޖެނަރަލް އަނަސް އަބްދުލް ސައްތާރާއި މުހައްމަދު ފައިސަލާއި މުހައްމަދު އަސީލް ހަސަން އެވެ.

ބާ ކައުންސިލްގެ ރަައީސަަކީ މައުމޫން ހަމީދެވެ. ނާއިބު ރައީސަކީ ކުރީގެ ކުރީގެ އެޓާނީ ޖެނެރަލް އަބްދުﷲ މުއިއްޒެވެ.