ހަބަރު

އެސްޓީއޯއިން ދުނިޔޭގެ ހިތުގެ ދުވަސް ފާހަގަކޮށްފި

Sep 28, 2019

ދުނިޔޭގެ ހިތުގެ ދުވަސް ފާހަގަ ކުރަން އެސްޓީއޯ އިން ހަރަކާތެއް ހިންގައިފި އެވެ.

ހިތުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެ ކުންފުނިން މިއަދު ވަނީ ޑރ. ރެޑީ ފާމާ ގުޅިގެން "ކާޑިއޯސްފިއާ ކޮންފަރެންސް" ގެ ނަމުގައި ސެމިނާ ބާއްވާފަ އެވެ. ހޮޓެލްގައި މިއަދު ބޭއްވި ސެމިނާގައި އައިޖީއެމްއެޗާއި އޭޑީކޭ އަދި ޓްރީޓޮޕްގެ ޑޮކްޓަރުންނާއި ނަރުހުން ބައިވެރިވި އެވެ.

ސެމިނާގައި މައުލޫމާތު ދެއްވާފައި ވަނީ އޭޑީކޭ އާއި އައިޖީއެމްއެޗް އަދި އިންޑިއާގެ އަމްރީތާ ހޮސްޕިޓަލުގެ ޑޮކްޓަރުންނެވެ.

ދުނިޔޭގެ ހިތުގެ ދުވަހަކީ ކޮންމެ އަހަރެއްގެ ވެސް ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހެވެ. ހިތާއި ލޭނާރުގެ ބަލިތަކުގައި ދުނިޔޭގެ އެކިކަންކޮޅުތަކުގައި 17.5 މިލިޔަން މީހުން ކޮންމެ އަހަރަކު މަރުވާ ކަމަށް ވެއެވެ.