މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

ކަރެކްޝަން އޭސީޕީގެ މަގާމަށް އާސިފު

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕްރިޒަންސްގެ މަގާމަށް މުހައްމަދު އާސިފް ޕްރޮމޯޓް ކޮށްފި އެވެ.

ސްޕުރިޓެންޑެންޓްގެ މަގާމުގައި ހުންނެވި އާސިފް، އޭސީޕީގެ މަގާމަށް ޕްރޮމޯޓްކޮށް އޭނާއަށް ލިޔުން ހަވާލުކޮށްފައި ވަނީ ކަރެކްޝަނަލް ސަރވިސްގެ 48 ވަނަ އަހަރީ ދުވަސް ފާހަގަ ކުރަން މާފުށީ ޖަލުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގަ އެވެ. އޭނާއަށް ލިޔުން ހަވާލު ކޮށްދެއްވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ.

އާސިފްގެ އިތުރުން ވެސް ވަރަށް ގިނަ ބޭފުޅުން ވަނީ މަގާމުގެ ކުރިއެރުން ދީފައެވެ.

މި ރަސްމީއްޔާތުގައި އެމްސީއެސްގައި ދިގު މުއްދަތަށް ވަޒީފާ އަދާކޮށްފައިވާ އޮފިސަރުންނަށާއި މުވައްޒަފުންނަށް އެ ފަރާތްތަކުގެ ހިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ވަނީ ހަނދާނީ ފިލާ ދީފައި ވެއެވެ.