ސިނަ މާލެ ބްރިޖް

ބުރިޖު ދޮރާށި ނިވުނުތާ މަހެއް!

ވީއައިއޭ ހިމެނޭ ގޮތަށް މާލެ - ހުޅުމާލެ ގުޅުވައިދޭ ސިނަމާލެ ބުރިޖުގައި މާލޭ ކޮޅުން ފަށައިދޭ މައި ގޭޓް، ބްރިޖްގެ ނަމާއެކު ނިވިފައި ހުންނަތާ މަހަކަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.

މާލޭ ކޮޅުން ބުރިޖު ފަށައިދޭ އިސްލާމީ ވަންތަކަން ރަމްޒުކޮށްދޭ ދޮރާއްޓާއި އެތާނގައި ދިވެހިންނާއި ޗައިނާ ބަހުން ލިޔެފައިވާ ބްރިޖްގެ ނަން "ޗައިނާ މޯލްޑިވްސް ޕްރެންޑްޝިޕް ބުރިޖް" ހިމެނޭ ލެޑް ބޮކިތައް ފަހަރަކު އަކުރެއް ނިވެމުން ގޮސް ނަމާއި ދޮރާށީގައި ހިމެނޭ އެހެން ބައެއް ލައިޓްތައް ވެސް ނުދިއްލޭތާ މަހަކަށް ވުރެވެސް ގިނަ ދުވަސްވެފައި ވެއެވެ.

ބުރިޖުގެ މެއިންޓެއިން މަސައްކަތްތައް ކޮންމެ ދުވަހަކު ވެސް ސީސީސީސީގެ މުވައްޒިފުން ކުރަމުން ގެންދާތަން ފެނެއެވެ. ބުރިޖުގައިވާ އެލްމެނިއަން ބައިގެ އޮފްކަން ގަދަކޮށް ހަދާތަން ވެސް ފެނެ އެވެ. ނަމަވެސް ބްރިޖު ހުޅުވިތާ އަހަރުވެގެން ބްރިޖްގެ ލޭންތަކެއް ބަންދުކޮށް ސާވޭއެއް ހެދި އިރު ވެސް ބްރިޖްގެ މައި ގޭޓުގެ ބޮކިތަަކާއި ބްރިޖްގެ ނަން ނިވިފައި ހުންނަތާ ހަފުތާއެއްވެފައި ވެއެވެ.

ސިނަމާލެ ބުރިޖުގެ މަސައްކަތް ނިންމާ އެ ތަން އާންމުންނަށް ހުޅުވާލާފައިވަނީ ސެޕްޓެމްބަރު 7، 2018 އިގަ އެވެ.

ޗައިނާ ހިލޭ އެހީއާވެސް އެކު އެ ގައުމުގެ ސީސީސީސީ ކުންފުންޏާ ހަވާލުކޮށްގެން 200 މިލިއަން ޑޮލަރުގެ އަގަކަށް ހަދާފައިވާ ބްރިޖް މަސައްކަތް ފެށީ ޑިސެންމެބަރު 30، 2015 އިގަ އެވެ.