ހަބަރު

ދަރުމަވަންތަ ހޮސްޕިޓަލުގައި ނަމާދު ކޮޓަރިތަކެއް ހަދައިފި

މާފަންނު ދަރުވަމަންތަ ހޮސްޕިޓަލުގައި ނަމާދު ކުރެވޭނެ ގޮތަށް ނަމާދު ކޮޓަރިތައް ހަމަޖައްސައިފި އެވެ.

ދަރުމަވަންތަ ހޮސްޕިޓަލް މެނޭޖްކުރާ އައިޖީއެމްއެޗުން މިއަދު ބުނީ އަންހެނުންނަށާއި ފިރިހެނުންނަށް ހާއްސަ ދެ ނަމާދު ކޮޓަރިއެއް ދަރުމަވަންތަ ހޮސްޕިޓަލުގެ ފަސްވަނަ ފަންގިފިލާގައި މިހާރު ހުޅުވިފައި ހުންނާނެ ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ތަރައްގީ ކުރި ދަރުމަވަންތަ ހޮސްޕިޓަލްގެ އިމާރާތް ހަދާފައި ވަނީ، އައިޖީއެމްއެޗްގައި ހުންނަ އިމަޖެންސީ ފަރުވާ ދޭ ޑިޕާޓްމަންޓުން ނުކުމެގެން ހިނގާ މަގަކުން އެ ހޮސްޕިޓަލްގެ ތެރެއަށް ވަދެވޭ ގޮތަށެވެ.

ދަރުމަވަންތަ ހޮސްޕިޓަލަކީ 140 މިލިއަން ޑޮލަރުގެ އަގު ބޮޑު 25 ބުރީގެ ހޮސްޕިޓަލެކެވެ. އެ ހޮސްޕިޓަލްގެ ބައެއް ފަންގިފިލާތަކުގައި މިހާރު ހިދުމަތް ދޭން ފަށާފައިވާއިރު، އައިޖީއެމްއެޗްގައި ކުރިން ދެމުން ދިޔަ ބައެއް ހިދުމަތްތައް ވެސް ވަނީ އެ ހޮސްޕިޓަލަށް ބަދަލުކޮށްފަ އެވެ.