ވިޔަފާރި

ޖޯޑަންގެ ގައުމީ އެއާލައިނުން ރާއްޖެއަށް ޗާޓަރު ދަތުރުތައް ފަށައިފި

Sep 30, 2019

މެދުއިރުމަތީގެ ބޮޑު އެއާލައިނެއް ކަމަށްވާ ރޯޔަލް ޖޯޑޭނިއަން އެއާލައިންސް އިން ރާއްޖެއަށް ޗާޓަރު ފްލައިޓް ތަކެއް ފަށައިފި އެވެ.

ރާއްޖެ އަށް ދަތުރު ފަށާނެކަން މި އަހަރުގެ ކުރީކޮޅު އިއުލާނުކުރި ރޯޔަލް ޖޯޑޭނިއަން އެއާލައިންސް އިން ރާއްޖެއަށް ޗާޓަރު ފްލައިޓު އަޅަން ފެށީ މި މަހުގެ 27 އިން ފެށިގެނެވެ.

މެދުއިރުމަތީން އަންނަ މި އެއާލައިން ހަފުތާއަކު ތިން ފްލައިޓް ރާއްޖެއަށް ބާއްވާނެ އެވެ. ވެރި ރަށް އައްމާންގެ މައި އެއާޕޯޓް ކަމަށްވާ ކްއީން އާލިއާ އިންޓަނޭޝަނަލް އެއާޕޯޓާއި ރާއްޖޭގެ ވީއައިއޭއާ ދެމެދު މި އެއާލައިން އިން އަންނަ މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ހަފުތާއަކު އެއް ފްލައިޓް ބާއްވާނެ އެވެ.

މެދުއިރުމަތިން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު ވަނީ ވަރަށް ބޮޑުތަން އިތުރުވެފަ އެވެ. މި އަހަރުގެ އޯގަސްޓް މަހުގެ ނިޔަލަށް މެދުއިރުމަތިން ރާއްޖެއަށް 42،774 އަށް ޓޫރިސްޓުން އައިސްފައި ވެއެވެ.