އިންޑިއާގެ އުއްތަރް ޕްރަދޭސް އާއި ބިހާރަށް މިހާރު ކުރަމުންދާ ވިއްސާރާގެ ސަބަބުން ފެން ބޮޑުވެ 100 މީހުން މަރުވެއްޖެ އެވެ.
ފެން ބޮޑުވުމުގެ ސަބަބުން އުއްތަރް ޕްރަދޭޝް އަދި ބިހާރުގެ އާންމު ހިދުމަތްތައް ވަނީ މެދު ކެނޑިފަ އެވެ. މިއީ މިއަރު ތެރޭ އިންޑިއާގައި ފެން ބޮޑުވެގެން ގިނަ ބަޔަކު މަރުވި ތިން ވަނަ ފަހަރެވެ. ފެން ބޮޑުވުމުގެ ސަބަބުން އުއްތަރް ޕްރަދޭޝް އަދި ބިހާރުގެ ސްކޫލްތަކާއި ރެއިލްވޭ ސްޓޭޝަންތަކުގެ އިތުރުން ކަރަންޓުގެ ހިދުމަތް ވަނީ އެއްކޮށް މުއްދަތެއް ނެތް ގޮތަށް މެދު ކަނޑައިފަ އެވެ.
އުއްތަރް ޕްރަދޭޝްގެ ސަރުކާރުން ބުނީ، ފެން ބޮޑުވުމުގެ ސަބަބުން 93 މީހަކު މަރުވެފައިވާ ކަމަށެވެ. އިންޑިއާގެ ޑިޒާސްޓް މެނޭޖްމެންޓުން މައުލޫމާތު ދޭ ގޮތުގައި ފެން ބޮޑުވުމުގެ ސަބަބުން ބިހާރުން މަރުވެފައިވަނީ 23 މީހެކެވެ. އަދި މި 23 މީހުން މަރުވެފައިވނީ ބިހާރުގެ ވެރިރަށް ޕަޓްނާގައި ބޮޑުވި ފެން ގަނޑުގެ ސަބަބުން ކަމަށް ވެސް ޑިޒާސްޓާ މެނޭޖްމެންޓުން ވަނީ ބުނެފަ އެވެ.
މި ދެ ސްޓޭޓް ދޫކޮށް ގިނަ ބަޔަކު ދާން ފެށުމުގެ ސަބަބުން ބޮޑެތި މަގުތަށް ވަނީ ތޮއްޖެހިފަ އެވެ. އަދި ކަނޑު މަގުން އެހެން ސަރަހައްދަކަށް ދިޔުމަށް މަސައްކަތް ކުރި ބޯޓެއް ވަނީ ބަންޑުން ޖަހާލާފަ އެވެ. މި ދެ ސްޓޭޓަށް ބޯކަށް ވާރޭ ވެހެން ފެށީ ހުކުރު ދުވަހު އެވެ.