މާރިޔާ އަހުމަދު ދީދީ

އިންޑިއާގެ ޗީފް އޮފް އާމީއާ މިނިސްޓަރު މާރިޔާއާ ބައްދަލުކުރައްވައިފި

Sep 30, 2019

އިންޑިއާގެ ޗީފް އޮފް އާމީ ބިޕިން ރާވަތު، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާ ބައްދަލު ކުރައްވައިފި އެވެ.

ބިޕިން ރާވަތު، ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފައި ވަނީ އިއްޔެ މެންދުރުފަހުގެ ވަގުތެއްގަ އެވެ. ޑިފެންސް މިނިސްޓްރީން ބުނީ މިއަދުގެ ބައްދަލުވުމުގައި ދެ ބޭފުޅުންވަނީ ދިފާއީ ރޮނގުން ރާއްޖެއާ އިންޑިއާއާ ދެމެދު ޒަމާނުއްސުރެ އޮންނަ ގާތް ގުޅުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

ބިޕިން ރާވަތު ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ އިބްރާހީމް މުހައްމަދު ސާލިހާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލްއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެ އެވެ.