ހަބަރު

މަމްސް އެކްސްޕޯ އަންނަ ހުކުުރުގައި!

ދިވެހި އަންހެނުންގެ އަތްތެރި މަސައްކަތާއި ވިޔަފާރިތައް ދައްކާލަން ބާއްވާ "މަމްސް އެކްސްޕޯ" އަންނަ ހުކުރު ދުވަހު ފަށާނެ އެވެ.

މާލޭގެ ބިލަބޮންގް ސްކޫލްގައި ފަށާ މި އެކްސްޕޯއަކީ މިއީ މަމްސް އެންޖީއޯއިން ރާވާ ހަރަކާތެކެވެ. އޮންލައިން ޕެލްޓްފޯމަކުން އައި "މަމްސް" އެންޖީއޯގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެ އެވެ.

މަމްސްގެ އެކްސްޕޯ ހަރާކާތް އިންތިޒާމް ކުރާ އިސް ބޭފުޅަކު ވިދާޅުވި ގޮތުގައި ހުކުރު ދުވަހުގެ އެކްސްޕޯއަކީ އަންހެނުންންގެ ވިޔަފާރިތައް ދައްކާލުމަށާއި ކުރިއަރުވަން ފުރުސަތު ހޯދައިދޭން ބާއްވާ އެކްސްޕޯއެކެވެ.

މި އެކްސްޕޯގައި 70 ސްޓޯލް ގާއިމް ކުރާއިރު ކާނާ އާއި ކްރާފްޓާއި އާޓާއި ގަހާއި އަންނައުނާއި ޖުވެލެރީސް ފަދަ ބާވަތް އުފައްދާ އަދި ވިއްކާ ފަރާތްތަށް ބައިވެރިވެ އެވެ. މި އެކްސްޕޯ އޮންނާނީ ހުކުރު ހޮނިހިރު ދެ ދުވަހު އެވެ.