ހަބަރު

އެމެރިކާގެ ގިސް އެވޯޑް އެޗްޑީސީއަށް

ޒަމާނީ ޓެކްނެލޮޖީގެ އެހީގައި ރަށް ބެލެހެއްޓުމުގެ މަސައްކަތް ކުރަމުންދާތީ އެމެރިކާގެ އެސްރީ ޔޫޒާއިން ދޭ ޖީއައިއެސް ނުވަތަ "ގިސް އެވޯޑް" ރާއްޖޭގެ ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ލިބިއްޖެ އެވެ.

އެޗްޑީސީގައި ގިސްއަށް ހާއްސަ ކޮށްގެން ވަކި ޑިޕާޓްމަންޓެއް އޮވެ އެވެ. އެޗްޑީސީން ގެންދަނީ ގިސް ޓެކްނެލޮޖީގެ އެހީގައި ހުޅުމާލޭގައި ޓެކްސީގެ ހިދުމަތާއި ފެނުގެ ނިޒާމު ވެސް ބަލަހައްޓަމުންނެވެ.

އެޗްޑީސީން ބުނީ، ހުޅުމާލެ ތަރައްގީ ކުރުމުގެ މަސައްކަތުގައި ގިސްގެ އެހީތެރިކަން ވަރަށް ބޮޑަށް ހޯދާފައިވާނެ ކަމަށެވެ. ގިސްއަކީ އިމާރާތް ކުރުމުގެ އެކިއެކި ބޭނުންތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ ގޮތުން ތައްޔާރުކޮށްފައިވާ ޖިއޯސްޕާޓިއަލް ޓެކްނޮލޮޖީ އެކެވެ.