ޕެރޫ

ޕެރޫގެ ރައީސް އެ ގައުމުގެ ކޮންގްރެސް އުވާލައިފި

ޕެރޫގެ ރައީސް މާޓިން ވިޒްކަރާ އެ ގައުމުގެ ކޮންގްރެސް މިދިޔަ ހޯމަ ދުވަހު އުވާލައިފި އެވެ. ވިޒްކަރާ އެ ގައުމުގެ ކޮންގްރެސް އުވާލެއްވީ ރައީސްގެ މަގާމު ހުސްވެފައިވާ ކަމަށް އިއުލާންކޮށް ޕެރޫގެ ލީޑަރުގެ މަގާމަށް ނައިބު ރައީސް މާސެޑްސް އާރޮޒް ކޮންގްރެސް އައްޔަން ކުރުމުންނެވެ. ޕެރޫގެ ކޮންގްރެސް އުވާލައި އާ އިންތިހާބަކަށް ދިޔުމުގެ ބާރު ރައީސްކަމުގެ ހުންނަވާ ބޭފުޅަކަށް ގާނޫނުން ލިބި ވަޑައިގަންނަވަ އެވެ.

ޓީވީ ޗެނަލަކަށް ދެއްވި އިންޓިވިއުއެއްގައި ވިޒްކަރާ ވިދާޅުވީ، ކޮންގްރެސްއިން އަމަލު ކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށްވުމުން، މިހާރު އޮތް ކޮންގްރެސް އުވާލައި، ކޮންގްރެސްގެ މަގާމަށް މީހުން އައްޔަން ކުރުމަށް އާ އިންތިހާބެއް ބާއްވަވާނެ ކަމަށެވެ.

ވިޒްކަރާ ވިދާޅުވީ، ގައުމުގެ ދިފާއުގައި މިހާރު ކުރަން އުޅުއްވާ ކަމަކީ ޕެރޫގެ ތާރީހުގައި ލިޔެވިގެންދާނެ ފިޔަވަޅެއް ކަމަށެވެ. އެއީ ކޮންގްރެސް އުވާލައި އާ ކޮންގްރެސް އެއް އިންތިހާބު ކުރުން ކަމަށައި ގައުމަށް އަނިޔާވެރިވެ ޣައްދާރުވާ އެންމެނަށް އަދަބު ދެއްވާނެ ކަމަށެވެ، އެފަދަ މީހުނަށް މާފެއް ނޯންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ވިޒްކަރާ ވާހަކަތަކާ ގުޅިގެން ކޮންގްރެސްއިން ބުނީ، ވިޒްކާއަކީ ޕެރޫގެ ރައީސް ކަމަށް ކޮންގްރެސްއިން ނުދެކޭތާ އަހަރުތަކެއް ވެއްޖެ ކަމަށެވެ. އަދި މިހާރު ކޮންގްރެސް އިން ރައީސެއްގެ ގޮތުގައި ދެކެނީ މާސެޑްސް އާރޮޒް ކަމަށެވެ. ރިޕޯޓިތައް ބުނާ ގޮތުން، ވިޒްކާއަށް މިހާރު ސަރުކާރުގެ އިތުބާރު ގެއްލިފައިވުމުން، ކޮންގްރެސްގެ މެމްބަރުންނާ ދެކޮޅަށް ފުލުހުންނާއި ސިފައިން ބޭނުން ކުރުން ގާތެވެ.