ހެންވޭރު، އަބަދަށްފެހި މަގުގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާއާ ގުޅިގެން 31 އިމާރާތަކަށް އަލިފާނުގެ އަސަރުކޮށް، އޭގެ ތެރެއިން 9 އިމާރާތެއް އާންމު ރައްކާތެރިކަމަށްޓަކައި ތަޅާލެވިފައިވާކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.
އެންޑީއެމްއޭއިން ވަނީ މިދިޔަ މަހުގެ 20ވަނަ ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުންވީ ގެތަކުގެ ތަފްސީލް މައުލޫމާތުތައް މިއަދު ހާމަކޮށްފައެވެ. އެގޮތުން އަލިފާނުގެ ހާދިސާއާއި ގުޅިގެން ލިބުނު ގެއްލުންތަކުގެ ސަބަބުން އާންމު ރައްކާތެރިކަމަށް ތަޅާލަން ޖެހުނު އިމާރާތްތަކާއި، އެ ހާދިސާއާއި ގުޅިގެން މީހުންނަށް ދިރިނޫޅެވޭވަރަށް ގެއްލުން ލިބުނު ގެތަކާއި، ދިރިއުޅުމަށް ރައްކާތެރި ނަމަވެސް ބައެއް މަރާމާތަށް ބޭނުންވާ ގެތަކާއި، ވަގުތީގޮތުން މީހުން ބަދަލުކުރެވި، މިހާރު ދިރިއުޅުމަށް ހުއްދަދީފައިވާ ގެތަކުގެ މައުލޫމާތުވެސް ވަނީ ހިމަނާފައެވެ.
![](https://images-01.avas.mv/post/big_MVVqs2TGeXX6zPnyGcjNVrnOY.png)
އާންމު ރައްކާތެރިކަމަށް ތަޅާލަން ޖެހުނު ގެތައް
- ހ. ތިލަފުށި (ގުދަނެއް)
- ހ. މާޓިން (ގުދަނެއް)
- ހ. އަހްމީން (ގުދަނެއް)
- ހ. ކަޅުހުރާގެ (ގުދަނެއް)
- ހ. ކަޅުހުރާއާގެ (ގުދަނެއް)
- ހ. އަލްހުރާ (ގުދަނެއް)
- ހ. ކިޔެވް
- ހ. ނެއިބަރ
- ހ. ނިގާރަން
މީހުންނަށް ދިރިނޫޅެވޭވަރަށް ގެއްލުން ލިބުނު ގެތައް
- ހ. އިވާއު
- ހ. ރަދުވާނިއާގެ
- ހ. އީރާނުގެ
- ހ. ކަޅުހުރާ ގާޑަން
- ހ. ކަޅުހުރާ
- ހ. އަލްފާ
ދިރިއުޅުމަށް ރައްކާތެރި ނަމަވެސް ބައެއް މަރާމާތަށް ބޭނުންވާ ގެތައް
- ހ. އަދޫ
- ހ. ނިޝާން ޕްލަޒާ
- ހ. ކީލް
- ހ. އިމޯޝަން
- ހ. ގަސްވާ
ވަގުތީގޮތުން މީހުން ބަދަލުކުރެވި، މިހާރު ދިރިއުޅުމަށް ހުއްދަދީފައިވާ ގެތަ
- ހ. ރަސްމާ
- ހ. ރަސްމާދޫގެ
- ހ. ގަދަގެ
- ހ. ގަދަގޭ ހުޅަނގުބައި
- ހ. ހޮޅިކޮށީގެ
- ހ. ހޮޅިކޮށީއާގެ
- ހ. ފެހިއާބާދު
- ހ. ގަޒްވިން (ކެފޭ)
- ހ. ކިނޮޅަސް
- ހ. ސޯފާ
- ހ. ޖީމާ
އަބަދަށްފެހި މަގުގައި ހިނގި އަލިފާނުގެ ހާދިސާގައި އުމުރުން 46 އަހަރުގެ އަންހެނަކު މަރުވެފައިވާއިރު 780 ވުރެ ގިނަ މީހުނަށް ސަރުކާރުން ވަގުތީ ހިޔާ ހޯދައިދޭން ޖެހުނެވެ.
މިއީ ފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިނގި އަލިފާނުގެ އެންމެ ބޮޑު އަދި އެންމެ ގިނަ ގެއްލުންތައް ވެސް ލިބުނު ހާދިސާ އެވެ. އޭގެ ކުރީގެ އެފަދަ ދެ ހާދިސާއަކީ މޯރީ ގަރާޖާއި ކޯސްޓްލައިން އަލިފާނާއި ހ، އޯކިޑްގައި ރޯވި ހުޅެވެ.