ގާސިމް އިބްރާހިމް

ގާސިމާ ގުޅޭ ހަބަރެއްގެ މައްސަލަ އެމްއެމްސީއަށް

ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމާއި ގުޅޭ ގޮތުން ނޫހަކުން ޖެހި ހަބަރެއްގެ މައްސަލަ މީޑިއާ ކައުންސިލަށް ޖޭޕީން ހުށަހަޅައިފި އެވެ.

ޖޭޕީން ބުނީ އެ ޕާޓީން ރޭ ކުނޫޒުގައި ބޭއްވި ޖަލްސާގައި ގާސިމް ދެއްކެވި ވާހަކަފުޅެއްކަމަށް ވިދާޅުވެ، ނޫހަކުން ދޮގު ހަބަރެއް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

ސަައިންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން ޖޭޕީގެ ތަރުޖަމާނުކަން ކުރައްވާ އަލީ ސޯލިހު ވިދާޅުވީ "ގާސިމް އިބްރާހިމްގެ ރަހުމްކުޑަ އިންޒާރެއް، ސިވިލްސާވެންޓުންނަށް" އެ ސުރުހީގައި ރިޕޯޓް ޚަބަރުގައި ހިމެނޭ ވާހަކަތައް އެއީ ގާސިމް ދެއްކެވި ވާހަކަފުޅެއްނަމަ އެ ވާހަކަފުޅުގެ ވީޑިއޯ ނުވަތަ އޯޑިއޯ ހިއްސާ ކޮށްދިނުމަށް އެ ނޫހުގައި ވެސް އެދިފައިވާނެ ކަމަށެވެ.

މިހާރު އެ މައްސަލަ އެ ޕާޓީން ވަނީ އެމްއެމްސީއަށް ހުޅާފަ އެވެ.

ރޭ އޮތް ރަސްމިއްޔާތެއްގައި ގާސިމް ވަނީ އެމަނިކުފާނުގެ އަނބިކަނބަލުން އަދި ޓްރާސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާގެ ދިފާއުގައި ވާހަކަފުޅު ދައްކަވާފައެވެ. ވިދާޅުވީ ސިވިލް ސާވިސް މުވައްޒިފުންނަކީ ދައުލަތް ހިންގާ މީހުނަށް ވާއިރު "އަމާ ބުނީތީ ފަރަށް ދާ" އުސޫލުން ވަޒީފާ އަދާކޮށްގެން ނުވާނެ ކަމަށެވެ.