ވިޔަފާރި

ޓޫރިޒަމް ތަޖުރިބާކުރަން އިނގިރޭސި ނޫސްވެރިން ގެނެސްފި

Oct 2, 2019
2
އެމްއެމްޕީރުސީއިން އެންމެ ފަހުން ގެނައި ނޫސްވެރިންގެ ގްރޫޕް: ހަމަ އެކަނި ފުރުސަތު ދެނީ ބޭރުގެ ނޫސްވެރިންނަށް -- ފޮޓޯ: އެމްއެމްޕީއާރުސީ
0%
0%
0%

ޓޫރިޒަމް ތަޖުރިބާކޮށް، ރާއްޖެއާބެހޭ ލިއުންތަކެއް ތައްޔާރު ކުރަން އިނގިރޭސި ނޫސްވެރިން ތަކެއް އަނެއްކާވެސް ރާއްޖެ ގެނެސްފި އެވެ.

އެމްއެމްޕީއާރްސީން ބުނި ގޮތުގައި ހަފުތާއަކަށް ރާއްޖެ އައި ނޫސްވެރިންގެ ޓީމު މަޑު ކުރާނީ ކޮކޯ ބޮޑުހިތި ރިސޯޓާއި ފުރަވެރި އައިލެންޑް ރިސޯޓާއި ކޮންޑްރެޑް މޯލްޑިވްސް ރަންގަލީގަ އެވެ.

މި ދަތުރުގައި ރާއްޖޭގެ ރިސޯޓުތަކުން ދެމެހެއްޓެނިވި ޓޫރިޒަމެއް ތަރައްގީ ކުރަން ކުރާ މަސައްކަތްތަކާއި ރާއްޖޭގެ ސަގާފަތާއި ކެއުންތަކާއި ކަނޑުއަޑީގެ ރީތިކަން ތަޖުރިބާކޮށް މަޖައްލާތަކުގައި ޝާއިއުކުރާނެ އެވެ.

އެ ޓީމުގައި "ދަ ލަކްސް ލައިފްސްޓްއިލް މެގަޒިން" އާއި "ސްރޯކް ޕާކް" އަދި "ހައުސް އޮފް ކޮކޯ" ގެ އިތުރުން "ދަ ޓްރެވަލް މެގަޒިން" އަދި "ހާބަ ޗެލްސީ ކްލަބް" އަށް ލިޔާ ލިޔުންތެރިން ހިމެނެ އެވެ.

އިނގިރޭސިވިލާތަކީ ރާއްޖެއަށް އެންމެ ގިނައިން މީހުން އަންނަ އެއް ގައުމެވެ. މި އަހަރުގެ ޖެނުއަރީން އޮގަސްޓް މަހުގެ ނިޔަލަށް އެ ގައުމުން 83،089 މީހުން ވަނީ އައިސްފަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 10.5 ޕަސެންޓުގެ އިތުރު ވުމެކެވެ.

ސަރުކާރުގެ މާކެޓިން ކުންފުނި އެމްއެމްޕީއާރުސީ އިން ވަނީ މި އަހަރުގެ މިހާތަނަށް 14 ޓީމެއް ރާއްޖެ ގެނެސްފަ އެވެ.

ރާއްޖެ ބައިވެރިވެރިވާ ބޭރުގެ ފެއާތަކުގައި ކުރިން ދިވެހި ނޫސްވެރިން ބައިވެރިކުރެ އެވެ. މިހާރުގެ ސަރުކާރުން ޓޫރިޒަމް މާކެޓިން ބަޖެޓު ބޮޑު ކޮށްފައިވާއިރު، އެ ފުރުސަތު ދިވެހި ނޫސްވެރިންނަކަށް ނުދެ އެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345