ހަބަރު

އެމްބެސެޑާ އެޓް ލާޖްގެ މަގާމަށް، މާހިރު

އެމްބެސެޑާ އެޓް ލާޖްގެ މަގާމަށް، މައްޗަންގޮޅި ރައުފަތުގެ، އަހްމަދު މާހިރު މިއަދު އައްޔަން ކުރައްވައިފި އެވެ.

އަހްމަދު މާހިރަށް މަގާމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ދެއްވީ މިކަމަށްޓަކައި މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

އަހްމަދު މާހިރަކީ މީގެ ކުރިން ވެސް ދިވެހި ދައުލަތުގެ ސަފީރުގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ.