ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސްގެ ގަތަރު ދަތުރުފުޅު ނިންމަވާލައްވައިފި

Mar 16, 2021

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި އެވެ. މި ދަތުރުފުޅުގައި ރައީސްގެ ދެކަނބަލުންގެ އަރިހުގައި ސަރުކާރުގެ އިސް އޮފިޝަލުންގެ ވަފުދެއް ވެސް ބައިވެރިވެވަޑައިގަތެވެ.

ދަތުރުފުޅުގައި ރައީސް ވަނީ ގަތަރުގެ އަމީރުގެ ގަނޑުވަރަށް ވަޑައިގެން އަމީރު ޝެއިހު ތަމީމް ބިން ހަމަދު އައްސާނީ އާއި ބައްދަލު ކުރައްވާ ދެ ގައުމަށް ފައިދާވާ ކަންތައްތަކުގައި، ފުރުސަތުތައް ހޯދައި އެކުގައި މަސައްކަތް ކުރަން މަޝްވަރާ ކުރައްވާފަ އެވެ.

މި ދަތުރުފުޅުގައި ރައީސު އަނބިކަނބަލުން ފަސްޓް ލޭޑީ، ފަޒުނާ އަހުމަދު ވަނީ ގަތަރުގެ އަމީރުގެ އަނބިކަނބަލުން ޝައިޚާ ޖަވާހެރް ބިންތް ހަމަދު ބިން ސުހައިމް އައްސާނީ، އެކަމަނާގެ ޝަރަފުގައި ވަކިން ބޭއްވެވި މެންދުރުގެ ޖާފަތުގައި ބައިވެރިވެ ވަޑައިގެންފައެވެ.